އިޓަލީ ލީގުގައި 60 އަހަރުވީ ރެކޯޑެއް، އަބްރަހަމް މުގުރާލައިފި

އިޓަލީ ލީގުގައި 60 އަހަރުވީ ރެކޯޑެއް، އަބްރަހަމް މުގުރާލައިފި

Author
މުޙައްމަދު ޝަޒައިމް
21 މެއި 2022 02:28
0

އިޓާލިއަން ލީގުގައި ރޭ ޓޮރީނޯ ދަނޑުގައި 3-0 އިން ރޯމާ މޮޅުވި މެޗުގައި އެ ޓީމުގެ އިނގިރޭސި ފޯވާޑް ޓަމީ އަބްރަހަމް ދެ ގޯލު ޖަހައި، 60 އަހަރުވީ ރެކޯޑެއް މުގުރާލައިފިއެވެ.

މި ސީޒަނުގައި ޗެލްސީ ދޫކޮށް ރޯމާ އަށް ބަދަލުވި އަބްރަހަމް އަކީ އިޓާލިއަން ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި އިނގިރޭސި ކުޅުންތެރިޔާއެވެ. ރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު އަބްރަހަމް މި ފަހަރު ލީގުގައި ޖެހި ޖުމްލަ ގޯލުގެ އަދަދަކީ 17 އެވެ. ކުރިން އިޓާލިއަން ލީގުގައި އިނގިރޭސި ކުޅުންތެރިއަކު އެންމެ ގިނަ ގޯލު ޖެހީ 1961-1962 ވަނަ ސީޒަނުގައެވެ. އެ ފަހަރު އިޓާލިއަން ލީގުގައި 16 ގޯލު ޖަހައިގެން، މި ސީޒަނާ ހަމަ އަށް ރެކޯޑް ހަދާފައި އޮތީ، އޭރު އިންޓަ މިލާނަށް ކުޅުނު ގެރީ ހިޗެންސްއެވެ.

ސާޅީސް މިލިއަން ޑޮލަރުގެ ފީ އަކަށް ރޯމާއާ ގުޅުނު އަބްރަހަމް ވަނީ މުޅި ސީޒަން އެއްކޮށް ބަލާނަމަ ރޯމާ އަށް 51 މެޗުން 26 ގޯލު ޖަހައިދީފައެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޓޮރީނޯއިން ގިނައިރު ބޯޅާ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ރޯމާއިންނެވެ. މިމެޗްގައި ރޯމާގެ ފުރަތަމަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީވެސް އަބްރަހަމްއެވެ.

ރޭ ކުޅުނު މެޗްގައި ރޯމާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 78 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލޮރެންޒޯ ޕެލެގްރީނީއެވެ. މިކާމިޔާބީއާއެކު ރޯމާއިން ލީގު ނިންމާލީ ތާވަލްގެ ހަވަނައިގަައި އޮވެގެންނެވެ. ނަމަވެސް ރޯމާ މިސީޒަންގައި ކުޅޭ ފަހު މެޗަށް ވެގެންދާނީ މި އަންނަ ބުދަދުވަހުގެރޭ ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލގައި ފަޔެނޯޑާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.