ރިހާނާއަށް ފިރިހެން ދަރިއަކު ލިބިއްޖެ

ރިހާނާއަށް ފިރިހެން ދަރިއަކު ލިބިއްޖެ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާއަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.

މިއީ ރިހާނާ އާއި އޭނާގެ ލޯބިވެރިޔާ ރެޕާ، އެޕީ ރޮކީގެ އަލަތު ދަރިފުޅެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރިއާނާ ވިހެއީ މި މަހުގެ 13 ވަނަ ދުވަހު، އެމެރިކާގެ ލޮސް އެންޖެލިސްގައެވެ. އެކަން ރިއާނާ އަދި ކަށަވަރު ކޮށްދީފައިނުވާ އިރު، ދަރިފުޅުގެ ފޮޓޯއެއް އަދި ނަމެއްވެސް އަދި އާންމެއް ނުކުރެއެވެ.

ރިއާނާ ބަލިވެ އިންކަން އިއުލާނު ކުރީ މި އަހަރުގެ ޖަނަވަރީ މަހުގައެވެ. އޭގެފަހުން މިއަހަރުގެ ފެބުރުވަރީ މަހު އެދެމީހުން ވަނީ ނިޔުޔޯކްގެ މަގެއްގެ މަތިން ފެނިފައެވެ. އެފަހަރު ރިހާނާގެ މާބަނޑު ފެންނަގޮތަށް ފޮޓޯތަކެއް ވާނީ އަންމުވެފައެވެ.

އޭނާ އެންމެ ފަހުން އާންމުންގެ ތެރެއިން ފެނިފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ބައިވެރިޔާއާއެކު ރޭގަނޑުގެ ނާސްތާ ނެގުމަށް ލޮސް އެންޖަލިސްގައި އުޅެނިކޮށެވެ.

އެތައް އަހަރެއް ވަންދެން ރަހުމަތްތެރިންގެ ގޮތުގައި ތިބުމަށްފަހު ރިއާނާ އާއި އެޕީ ރޮކީ ގުޅުނީ 2020 ވަނަ އަހަރު އެވެ.

ރިހާނާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަންހެނުންގެ ތެރޭގައި ހިމެނޭ އަދި އެންމެ ބޮޑު އާމްދަނީއެއް ހޯދި މިއުޒިކް އާޓިސްޓުންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. އަދި އޭނާ އަކީ އަމިއްލަ ފެޝަން ބްރޭންޑަކާއި ބިއުޓީ ލައިނެއް ހިނގާ ވިޔަފާރިވެރިއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *