ޓެރަރިސްޓު ހަމަލާދޭން އުޅުނުކަމަށް ތުހުމަތުކޮށް ހައްޔަރުކުރި 6 މީހުން ބަންދުގައި ބަހައްޓަން މުއްދަތުޖަހައިފި

ޓެރަރިސްޓު ހަމަލާދޭން އުޅުނުކަމަށް ތުހުމަތުކޮށް ހައްޔަރުކުރި 6 މީހުން ބަންދުގައި ބަހައްޓަން މުއްދަތުޖަހައިފި

Author
މުޙައްމަދު ޖިމީ
13 ނޮވެމްބަރ 2020 04:29
0

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ ހަމަލާ ހުއްޓުވާ ހައްޔަރުކުރި 6 މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކުރި 18 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް ޖަހާފައިވާކަމަށެވެ. ދެންތިބި އެންމެންގެ ބަންދަށް ޖަހާދީފައިވަނީ 15 ދުވަހެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިތިބި މީހުންނަކީ ތ.ތިމަރަފުށީން ހައްޔަރުކުރި ޢުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކާއި، 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި، އަދި ތ. ތިމަރަފުށީގައިއެވެ. މިމައްސަލާގައި ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ފުލުުހުން ވިދާޅުވީ މިވަގުތު ކުރިއަށް ގެންދަނީ ބަލާފާސްކުރުމުގެ މަަސައްކަތް ކަމަށާއި، މާލެއާއި، ތިމަރަފުށީގެ ބައެއްތަންތަން މިހާރުވެސް ބަލައި ފާސްކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ދޭތެރެ ދޭތެރެއިން ހަރުކަށި ފިކުރުގެ މީހުން ޓެރަރިޒަމްގެ ހަމަލާތައް ރާވައި ހިންގުމަށް މަސައްކަތްކުރެއެވެ. އަދި ރާއްޖެއިން ބޭރަށްވެސް ގިނަ އަދަދެއްގެ ދިވެހިން ހަނގުރާމަތަކަށްގޮސް ހަރުކަށި ޖަމާއަތްތަކާއި ގުޅިގެން ހަގުރާމަތަކުގައި ބައިވެރި ވުމަކީވެސް ދޭތެރެ ދޭތެރެއިން ފެންނަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.