މަރުވެފައި އޮތް ބޮޑުމަހެއް ވ. އަތޮޅު އެތެރެވަރީގައި އޮޔާދަނީ

މަރުވެފައި އޮތް ބޮޑުމަހެއް ވ. އަތޮޅު އެތެރެވަރީގައި އޮޔާދަނީ

Author
މުޙައްމަދު ޝަޒައިމް
19 މެއި 2022 12:07
0

ވ.އަތޮޅުން މަރުވެފައި އޮތް ބޮޑު މަހެއް ފެނިއްޖެއެވެ. އެމަސް ފެނުނީ އެއަތޮޅު މަޑަންގިރި ކިޔާ ފަރެއްގެ ބޭރުން އެސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ބަޔަކަށެވެ.

މަރުވެފައި އޮތް ބޮޑު މަހެއް ކަނޑުމަތީ އޮއްވައި ފެންނަ މަންޒަރުގެ ވީޑިއޯއެއް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވަނީ ޓްވީޓާ މެދުވެރިކޮށް ހިއްސާކުރައްވައިފައެވެ. މަރުވެފައިވާ ބޮޑު މަހެއް ވ. އަތޮޅު މަޑަންގިރިއޭ ކިޔާ ފަޅު ކައިރިން ފެނިގެން ވ. އަތޮޅު ޕޮލިސް އިން ވަނީ ރިޕޯޓްކޮށްފައި،" ވީޑިއޯއާއެކު ޝުޖާއު ކުރެއްވި ޓްވީޓްގައިވެއެވެ.

މަރުވެފައި އޮތްވާ ފެނުނު ބޮޑުމަހުގެ ފެނުން މައްޗަށް ހިކިފައި އޮތް ބައިގައި އެކަނިވެސް 20 ފޫޓާއި 25 ފޫޓް މަހެކެވެ. މިމަސް ފެނުނު ކަމުގެ މަޢުލޫމާތު އެންވަޔަރަންމަންޓް ޕްރޮޓަކްޝަން އޭޖެންސީ އީޕީއަށް މިހާރު ވަނީ ދީފައެވެ. އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް ވިދާޅުވީ މަރުވެފައި އޮތް ބޮޑު މަހެއް ވ.އަތޮޅުން ފެނިގެން ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އެއީ ބޮޑު މަހުގެ ކޮން ބާވަތެއްގެ މަހެއްކަމެއް އަދި އެނގިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ވ.އަތޮޅު ކައުންސިލުން އަންނަނީ މިމަސް ހިކިފަސް ސަރަަހަދަކަށް އެރުވުމުގެ މަސަކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.