މާލޭގެ ގިނަ މަގުތަކަކަށް މިއަދު ހަވީރުވެސް "އިންޑިއާ އައުޓް" ކަރުދާސް އަޅައިފިއެވެ.
ޤައުމުތަކާމެދު ނަފްރަތު އުފެދޭ ޢަމަލުތައް ހުއްޓުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޝާލިޙް ރިޔާސީ ޤަރާރެއް ނެރުއްވާފައިވަނިކޮށް، އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންގޮސް، އެންމެ ފަހުން މަގުތަކަށް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސް އަޅަން ފަށަފައިވަނީ މީގެ ހަފްތާހެއް ދުވަސް ކުރިންނެވެ. ކަރުދާސް އަޅަނީ ކޮންބައެއްކަމެއް ނޭނުގު ނަމަވެސް ކަރުދާސްތައް މަގުމައްޗަށް އަޅާ މައްސަލަ ބަލާކަކަށް ފުލުހުން ވަނީ ބުނެފައެވެ.
މިއަދު "އިންޑިއާ އައުޓް" ކަރުދާސްތަކެއް އަޅާފައިވަނީ އިންޑިއާ އައުޓް ހަރަކާތް ރާވާ ހިންގާކަމުގެ ތުހުމަތުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް އާއި ޕީޕީއެމްގެ އެކްޓިިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) ފުލުހުން ހައްޔަރުކޮށްފައި ވަނިކޮށެވެ. މިއަދު މަގުތަަކަށް އެޅި ކަރުދާހުގައި ވަނީ އިންޑިއާގެ ދިދައެވެ. ދިދައިގެ މެދުގައި ލިޔެފައިވަނީ "އިންޑިއާ އައުޓް" އެވެ.
Nuhuttuveyne. #IndiaOut pic.twitter.com/O0oYea2tIz
— Centurion (@King_Cen12) May 18, 2022
އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވެއެވެ. ރައީސުލްޖުމުހޫރިއްޔާގެ ގަރާރަކުން އިންޑިއާ އައުޓު ބެނަރ ދެމުން މަނާ ކޮށްފައިވީނަމަވެސް، އިދިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިގުޅައި ނުގަނެވޭނެ ކަމަށާއި، އިންޑިއާއައުޓު ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ.
ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އަދި ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.
އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ އެންމެ އިސް ބޭފުޅެއްގައި ގޮތުގައި ރައީސް ޔާމީން ހަރަކާތްތެރި ވެވަޑައިގަންނަވަމުން ގެންދަވާއިރު، އެމަނިކުފާނު ޖަލުން މިނިވަންވުމަށްފަހު މިހަރަކާތައް އާދިރުމެއް އައިސްފައިވެއެވެ. އަދި އެއަށްފަހު، މިހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ފަހަކަށް އައިސް ޕީޕީއެމްއިން ވަނީ، މިހަރާކާތް ހިންގުމަށްޓަކާ ރާއްޖެތެރޭގެ ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައެވެ.
މިދަތުރުތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ މައުލޫމާތުވެސް ޕީޕީއެމްއިން ދަނީ ރަށްރަށުގެ ރައްޔިތުންނާއި ހިއްސާ ކުރުމުންނެވެ. އަދި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް މި ދަތުރުތަކުގައި ޕީޕީއެމްއިން ކުރިޔަށް ގެންގޮސްފައި ވެއެވެ.
ކޮމެންޓު ފޮނުވާ