ފުނަދޫ ތަރައްޤީއަށް ކޮށްދެއްވި ޚިދުމަތަށް ރައީސް މައުމޫނަށް ޝުކުރު ދަންނަވައިފި

ފުނަދޫ ތަރައްޤީއަށް ކޮށްދެއްވި ޚިދުމަތަށް ރައީސް މައުމޫނަށް ޝުކުރު ދަންނަވައިފި

ށ.ފުނަދޫގެ ތަރައްޤީއަށް ކޮށްދެއްވި ޚިދުމަތަށް ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމަށް އެރަށުގެ ކައުންސިލުން ޝުކުރު ދަންނަވައިފިއެވެ.

ރައީސް މައުމޫން ފުނަދޫ ކުރެއްވި ޒިޔާރަތުގައި ވަނީ އެރަށު ކައުންސިލުން ދެއްވި ދައުވަތެއްގައި ކައުންސިލަށް ވަޑައިގެން ކައުންސިލާއ، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ. ރައީސް މައުމޫންގެ މިޒިޔާރަތުގައި އެމަނިކުފާނުވަނީ ފޮނަދޫފެ ތަރައްޤީގައި ލިބިފައިވާ ކުރިއެރުން ފާހަގަކޮށް އެކަމަށްޓަކައި ފުނަދޫގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.

ރައީސް މައުމޫން ފުނަދޫއަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި އެރަށު ކައުންސިލުން އެމަނިކުފާނާއިމެދު ބެހެއްޓެވި ގާތްކަމަށްޓަކައި އެމްއާރުއެމްއިން ވަނީ ފުނަދޫ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.

އެމްއާރްއެމްގެ ޒައީމް، ރައީސް މައުމޫންގެ ޒައާމަތުގައި ރައްޔިތުންގެ ލާބައަށްޓަކައި ކުރެއްވި ގިނަގުނަ ޚިދުމަތްތައް ފާހަގަކުރައްވައި، ށ. ފުނަދޫ ކައުންސިލުން އެމަނިކުފާނާއި މެދު ބެހެއްޓެވި ގާތްކަމަށްޓަކައި ފުނަދޫ ކައުންސިލަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވަން.

– އެމްއާރުއެމްއިން ބުނެފައިވެއެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސް ވަންދެން ވެރިކަން ކުރެއްވި އެއްބޭފުޅަކީ ރައީސް މައުމޫނަށްވާއިރު، އެމަނިކުފާނުވަނީ ވެރިކަމުގެ 30 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގިނަގުނަ ތަރައްޤީ ގެނެސްދެއްވާފައެވެ. ރައީސް މައުމޫންގެ ވެރިކަން ނިމިފައިވަނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ނާކާމިޔާބު ވުމުންނެވެ.

ވެރިކަން ނިމުމަށްފަހު ރައީސް މައުމޫންގެންދަވަނީ ރައީސް ނަޝީދުގެ ވެރިކަން ފިޔަވައި ދެން ކޮންމެ ވެރިކަމެއްގައިވެސް ހިއްސާވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޝުކުރިއްޔާދިވެހިރާޖޭއްގެތަރަގީއްގެބާނީރައީސްމައޮމޫނު

Leave a Reply

Your email address will not be published. Required fields are marked *