ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކޮށްފައިވާ 28 ކޮޕްޝަންގެ ތުހުމަތުތަކާއި ގުޅުންހުރި މައްސަލަތައް އޭސީސީގައި ކުރިޔަށް ނުދާތީ އެކަމުގެ ކަންބޮޑުވުން، ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ފާޅު ކުރައްވައިފިއެވެ.
ސައުދުﷲ ހިލްމީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ސައީދުގެ ކޮރަޕްޝަންގެ އެތައް މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އަދި މިމައްސަލަަތައް ނުބަލާ މިމައްސަލަތައް ވަނީ މަތާރަން ފިލާމަތީގައި ބާއްވާފައިތޯވެސް ސައުދުﷲ ހިލްމީ ވަނީ ސުވާލު ކުރައްވާފައެވެ.
ACC gai adhives ebaoiy 25 massala oiy gothah. Vaanuvaa neygey Nihad kahala meehun konme thanakah undhulhi baananee libey ethi boduveema. ACC in saafu kollaa. Aharen saafu koffa mibunee.
— Saudulla (@saudullahilmy) May 17, 2022
އިތުރަށް ސައުދުﷲ ހިލްމީ ވިދާޅުވެފައިވަނީ، ތަފްސީލްތަކާއެކު އޭސީސީއަށް ހުޅަހަޅާފައިވާ 28 މައްސަލައިގެ ތެރެއިން ނުބަލާ އަދިވެސް 25 މައްސަލަ އެބައޮތް ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް މިމައްސަލަތައް ގެނެސްފައިވަނީ ފާއިތުވެދިޔަ އަހަރުގެ މާރިޗު މަހުއެވެ.
ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވައިފި ނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ އެ ކުންފުނީގެ މުވައްޒަފުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި 28 މައްސަލައިގެ ތެރެއިން 22 މައްސަލަ ތަހުގީގު ކުރަން ނިންމައިފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ފެނަކަ ކޯޕަރޭޝަންގައި ހިންގާފައިވާ ކަމަށްބުނާ ކޮރަޕްޝަންގެ މި 28 މައްސަލަ އޭސީސިއަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް ހުށަހެޅިއިރު، މި މައްސަލަތަކުގެ ގިނަގުނަ ތަފްސީލަތައްވެސް ހިމަނާގައިވެއެވެ.
ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކޮށް އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގުކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށްވެސް އެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
ފެނަކަ އިން މުދަލާއި ހިދުމަތް ހޯދުމާއި ރެކްރޫޓްމަންޓް ޕްރޮސެސްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާ ކަންތައްތަކުގެ މައްޗަށް އޭސީސީން ވަނީ މީގެކުރިން ރިޕޯޓެއް ވެސް އެކުލަވާލައިފައެވެ. އެ ރިޕޯޓުގައި، ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ ހާލަތާއި އެ މައްސަލަތައް ތަހުގީގު ކުރުމުގައި އޭސީސީއަށް ދިމާވާ ގޮންޖެހުންތައް ވެސް ވަނީ ހިމަނައިފައެވެ.
ފެނަކައިން އެއިދާރާއާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހެޅުމުން އެކަން ދޮގުކޮށް އޭރު ބަޔާނެއް ނެރެފައި ވެއެވެ. އެބަޔާނުގައި ބުނެފައިވަނީ ފެނައިގެ ވެރިންނާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފް ދޮގުވާހަކަ ދައްކައި އަބުރު ކަތިލަމުންދަނީ ހޯދަމުންދާ ކާމިޔާބުތަކަށް ޙަސަދުވެރިވާ ބަޔަކު ކަމުގައެވެ.
ފެނަކަ ކޯޕަރޭޝަނަކީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިއުލާންކޮށްފައިވާ މި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކުފުންޏެކެވެ.
އޭސީސީން ކޮރަޕްޝަންގެ މައްސަލަތައް އެކަށިގެންވާ ގޮތުގައި ކުރިޔަށް ނުގެންދާނީ، ރައްޔިތުންގެ މަޖިލިހުންވަނީ އެކޮމިޝަނަށް އާ މެމްބަރުންތަކެއް އައްޔަން ކޮށްފައެވެ. އެހެންނަމަވެސް ކޮމިޝަނަށް އަލަށް އައްޔަން ކުރި މެމްބަރުންވެސް، ފެނަކަ ކޯޕަރޭޝަންއިން ހިންގާފައިވާ ކަމަށްބުނާ ކޮރަޕްޝަންގެ 28 މައްސަލައާއި ގުޅޭގޮތުން މީޑިއާތަކާއި އެއްވެސް މައުލޫމާތެއް އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.