ދެ ލައްކައަށް ވުރެ ގިނަ ކޫޕަންގެ ތެރެއިން ރެޑްވޭވް ރޯދަ ސޭލްގެ ބޮޑު އިނާމު އިސްމާއިލް މުޙައްމަދަށް

ދެ ލައްކައަށް ވުރެ ގިނަ ކޫޕަންގެ ތެރެއިން ރެޑްވޭވް ރޯދަ ސޭލްގެ ބޮޑު އިނާމު އިސްމާއިލް މުޙައްމަދަށް

ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަރމާރކެޓް ޗެއިން؛ "ރެޑްވޭވް" އިން ކުރިއަށްގެންދިޔަ "ރެޑްވޭވް ރޯދަސޭލް 2022″ގައި އެކުންފުނީގެ ކަސްޓަމަރުން ހުށައަޅާފައިވާ 2 ލައްކައަށްވުރެ ގިނަ ކޫޕަންގެ ތެރެއިން، ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމުގެ ނަސީބުވެރިއަކަށް އިސްމާއިލް މުހައްމަދު ހޮވިއްޖެއެވެ.

އެކުންފުނީގެ 12 ފިހާރައިގައި 1 ޖެނުއަރީ އިން ރޯދަމަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ "ރެޑްވޭވް ރޯދަސޭލް 2022″ ޕްރޮމޯޝަން ނިންމައި، ނަސީބުވެރިން ހޮވާފައިވަނީ މިއަދު ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަމޯލް ގައެވެ. ރެޑްވޭވްގެ ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދިން މި ލަކީޑްރޯގައި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމު 100،000 ރުފިޔާގެ ފައިސާގެ އިނާމުގެ ނަސީބުވެރިޔާގެ އިތުރުން ރެޑްވޭވްގެ ބްރޭންޑްތަކުން 5 އިނާމް ހައްޤުވާ 5 ފަރާތާއި 10،000 ރުފިޔާގެ ފައިސާގެ އިނާމް ހައްޤުވާ 10 ފަރާތެއްވަނީ ހޮވާފައެވެ.

މިޕްރޮމޯޝަންގައި ރެޑްވޭވްގެ ކޮންމެ ފިހާރައަކުން އެކުންފުނީގެ ކަސްޓަމަރުން ކުރި 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއްވަނީ ދޫކޮށްފައެވެ. އެކުންފުނިން ބުނީ މި ޕްރޮމޯޝަންގައި 200000 އަށްވުރެ ގިނަ ކޫޕަން ބައިވެރިކޮށްފައި ވާކަމަށެވެ.

ޕްރޮމޯޝަންގެ އެންމެ އަގުބޮޑު އިނާމް؛ 100،000 ރުފިޔާގެ ފައިސާގެ އިނާމުގެ ހައްޤުވެރިފަރާތަކަށް ވެގެންދިޔައީ އިސްމާއިލް މުޙައްމަދު (ކޫޕަން ނަމްބަރ: 0188697) އެވެ.

މި އިނާމްތަކުގެ އިތުރުން، ރެޑްވޭވް ރޯދަ ސޭލްގެ ތެރޭގައި ރެޑްވޭވްގެ ފޭސްބުކްގެ ޕޯސްޓްތަކަށް ލައިކް އަދި ޝެއަރކޮށް، ޓޮޕްފޭން ބެޖް ހޯދިފަރާތްތަކުން 3 ނަސީބުވެރި ފަރާތެއްވަނީ ހޮވާފައެވެ. އެގޮތުން ލައިކް އެންޑް ޝެއަރ ޕްރޮމޯޝަނގެ 1 ވަނައަށް 50 އިންޗި ހައިސެންސް ޓީވީއެއް ވަނީ ދީފައެވެ. މި އިނާމް ލިބިފައިވަނީ "މަރީ މަ ލާ" އަށެވެ.

ހުރިހާ އިނާމެއްގެވެސް އިތުރު ތަފްސީލް ރެޑްވޭވްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން މިއަދު ލިބިގެންދާނެކަމުގައި އެކުންފުނިން މައުލޫމާތުދެއެވެ.

ރެޑްވޭވުން މައުލޫމާތު ދިންގޮތުގައި މިއަހަރުގެ ރެޑްވޭވް ރޯދަސޭލް ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *