ޑިފެންސް މިނސްޓަރ މާރިޔާ ދީދީ ގެ ދެކޮޅުގެ ދޮރުގައި "އިންޑިއާ އައުޓް" ލިޔެފިއެވެ.
މާރިޔާގެ ގެކޮޅުގެ ދޮރުގައި "އިންޑިއާ އައުޓް" ލިޔެފައިވަނީ ސްޕްރޭއިންނެވެ. މިކަން ކޮށްފައިވަނީ ކޮންބައެއްކަމާއި އަދި މިމައްސަލަ ބަލާކަމެއްވެސް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައިނުވެއެވެ. ޑިފެންސް މިނިސްޓަރ މާރިޔާ އަކީ އިންޑިއާ އައުޓް ހަރަކާތުގައި އެންމެ ބޮޑަށް ނުރުހުން އަމާޒުވާ އެއްވަޒީރެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ރިޔާސީ ގަރާރަކުން އިންޑިއާއުޓް ބެނާރތައް ދެމުމާއި، އިންޑިއާ އައުޓު ހަރަކާތް ކުރިޔަށް ގެންދިއުން މަނާކޮށް، ރައީސް ޔާމިންގެ ގެކޮޅުގައި ދަމާފައިހުރި އިންޑިއާ އައުޓު ބެނާރ ފުލުހުން ނަގާފައިވަނިކޮށް، ރައީސް ސާލިހު ނެރުއްވި ރިޔާސީ ގަރާރަށް ގޮންޖަހާ، "އިންޑިއާ"ގެ ނަމުގެ އަކުރުތައް ބަދަލުކޮށްގެން އަލުން މާލޭގައި އިންޑިއާ އައުޓް ބެނަރ ދަމާފައިވެއެވެ. އަކުރަށް ބަދަލުކޮށްގެންވެސް ބެނަރ ދެމުމުން ފުލުހުން ވަނީ އެ ބެނާރވެސް ނަގާފައެވެ.
ނަމަވެސް ރައީސްގެ ގަރާރަށްފަހު މާލޭގެ މަގުތަކަށް އިންޑިއާ އައުޓް ކަރުދާސް އެޅުމާއި، އެކި ގޮތްގޮތަށް އިންޑިއާ އައުޓް ހަރަކާތް ހިންގުން ވަނީ އާންމު ވެފައެވެ. އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވެއެވެ.
އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.
ކޮމެންޓު ފޮނުވާ