އަންހެނުންގެ ރޫހުގެ ރައީސްކަން ބޮޑު ތަފާތަކުން ރޮޒައިނާއަށް

އަންހެނުންގެ ރޫހުގެ ރައީސްކަން ބޮޑު ތަފާތަކުން ރޮޒައިނާއަށް

އެމްޑީޕީގެ އެތެރޭގައި މިއަދު ބޭއްވި އިންތިޚާބުގައި ބޮޑު ތަފާތަކާއެކު އަންހެނުންގެ ރޫހުގެ ރައީސްގެ އިންތިޚާބު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. އޭނާ މި އިންތިޚާބު ކާމިޔާބުކުރެއްވީ ޞަފާތު އަޙްމަދާ ވާދަކޮށްގެންނެވެ.

ވޯޓު މަރުކަޒުތަކުން ހާމަކޮށްފައިވާ ނަތީޖާތަކުން ދައްކާގޮތުން ރޮޒައިނާ މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ 65 އިންސައްތަ ވޯޓުންނެވެ. ޞަފާތަށް ލިބިވަޑައިގަތީ 35% ވޯޓެވެ.

އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒައިނާ ވާދަކުރައްވާ ކެމްޕެއިން ކުރެއްވީ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރެއްވި ފައްޔާޟް އިސްމާޢީލާ އެކުއެވެ. އެގޮތުން ރޮޒައިނާ އަދި ފައްޔާޟް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރައްވާ އިންތިޚާބު ވެއްޖެނަމަ ގެންގުޅުއްވާނެ ސިޔާސަތުތައް ހާމަކުރައްވާފައެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ސިޔާސީ ހުރިހާ ހަރަކާތެއްގައި އަދި ކަންކަން ނިންމާ ފެންވަރުގައި އެޕާޓީގެ އަންހެން މެމްބަރުންގެ ބައިވެރިވުމާ ހިއްސާ އިތުރުކޮށް، އަންހެން މެމްބަރުންގެ އަޑު އުފުލުމަށް ހެދިފައިވާ ޕާޓީގެ އެންމެ ވަރުގަދަ އެއް ގުނަވަނެވެ.

އަންހެނުންގެ ރޫހުގެ މައިގަނޑު މަސައްކަތްތަކަކީ އަންހެނުންގެ ރޫހުގެ ތަސައްވަރަށް ވާސިލުވުމުގައި ޕާޓީއަށް އަންހެން މެމްބަރުން އިތުރުކޮށް ޕާޓީގެ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމާމެދު ހޭލުންތެރިކޮށް، ޕާޓީގެ ނިންމުންތައް ނިންމުމުގައި ބައިވެރިވެ، އިންތިޚާބީ މަގާމުތަކަށާއި ގައުމީ އިންތިޚާބީ މަގާމުތަކަށް ޕާޓީގެ ފަރާތުން އަންހެނުން އިންތިޚާބުކުރުމަށް މަސައްކަތްކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *