މެދު ކެނޑުމަށްފަހު، ރަޝިއާގެ ގައުމީ އެއާރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

މެދު ކެނޑުމަށްފަހު، ރަޝިއާގެ ގައުމީ އެއާރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ކުރިޔަށްދާ ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން މެދުކެނޑިފައި އޮތް ރަޝިއާގެ ގައުމީ އެއަރލައިން އެރޯ ފްލޮޓް ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ފާއިތުވެދިޔަ މާރޗްމަހުގެ 8ވަނަ ދުވަހު އެރޯ ފްލޮޓްގެ ދަތުރުތައް ރާއްޖެއަށް ދަތުރު ކުރުން ހުއްޓާލާފައިވަނީ، ރަޝިއާއިން ޔޫކުރެއިންއަށް ދޭންފެށި އުދުވަނީ ހަމަލާތަކާއި ގުޅިގެން އެމެރިކާއާއި ޔޫރަޕުން ރަޝިއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެންނެވެ.

އެމްއޭސީއެލްއިން ބުނެފައިވާ ގޮތުގައި، މެދު ކެނޑުމަށްފަހު އަލުން ދަތުރުތައް ފެށުމަށްފަހު ޖެއްސި އެރޯފްލޮޓްގެ ފުރަތަމަ ފްލައިޓް ޖައްސާފައިވަނީ މިއަދު ހެނދުނު 8:15 ގައި ކަމަށެވެ. އެ ފުލައިޓުން 296 މީހަކު ރާއްޖެ އައިސްފައިވެ އެވެ.

އެރޯ ފްލޮޓުން އަދި ހަމަޖެހިފައިވަނީ ދުވާލަކު ފްލައިޓެއް އޮޕަރޭޓް ކުރާ ގޮތަށެވެ. މި ދަތުރުތަކަށް ބޭނުން ކުރުމަށް ހަމަޖެހިގައިވަނީ އެ އެއަރލައިންގެ އެއާބޭސް އޭ-330 މަރުކާގެ ބޯޓުތަކުގަ އެވެ. އެއީ 300 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ޔޫކުރެއިންގެ ހަނގުރާމައިގެ ކުރިން ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރުސްޓުން އަންނަ އެއް ގައުމެވެ. އެހެންނަމަވެސް، ހަގުރާމައިގެ ސަބަބަނުން ރަޝިއާއާއި ދެކޮޅަށް އަޅާފައިވާ ދަތުކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މިއަދަދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *