މެދު ރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނެ

މެދު ރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނެ

Author
ހުސެއިން
14 މެއި 2022 11:04
0

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރާގައި މިއަދު ރާއްޖޭގެ މެދު ރާއްޖެތެރެއަށް މޫސުން ގޯސްވެ، 50 މޭލަށް ވައިގަދަ ވާނެކަމަށް މޫސުމާބެހޭ އިދާރާއިން ހާމަ ކޮށްދިއެވެ.

އަދި މއީ ހުޅަނގު މޫދުމަށް ވުމާއެކު، ގަނޑުގަދަވެ އަދި ވައިވެސް ގަދަވާނެތީ ދަތުރު ފަތުރުކުރާ ފަރާތްތަަކުން މިކަމަށް ސަމާލުވުމަށް މުސުމާބެހޭ އިދާރޭގެ އިތުރުން ކޯސްޓު ގާޑުންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އދާރާއިން ބުނެފައިވަނީ، ބ އަތޮޅުން ފެށިގެން ވ އަތޮޅަށް ވައި ގަދަވާނެ ކަމަށާއި، ހެނދުނު 10:30 އިން ފެށިގެން މެންދުރު ފަހު 2:30 އަށް 50 މޭލަށް ވައިވެސް ގަދަވާނެ ކަމަށެވެ. މި ސަރަހައްދަށް ރީނދޫ އެލާޓް ނެރެފައި ވާއިރު، ވިއްސާރަ ވިލަގަނޑަށް ސަމާލުކަން ދޭން ވަނީ އަންގާފައެވެ.

މި ވިއްސާރަ މުޅި ރާއްޖެއަށް ކުރަމުން ދާއިރު، ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށް މެޓް އޮފީހުން މިއަދުވަނީ ހުދު އެލާޓުވެސް ނެރެފައެވެ. ހުދު އެލާރޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ރ އަތޮޅާއި ހަމައަށެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާ އަދި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދު ވައިވާރުވާނެ ކަމަށްވެސް މޭޓް ހާމަ ކޮށްފައި ވެއެވެ. 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.