އާޖެންޓީނާ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

އާޖެންޓީނާ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

Author
އިބްރާހީމް ސާޢިދު
13 ނޮވެމްބަރ 2020 10:26
0

ވޯލްޑްކަޕް ކޮލިފައިންގައި ދެކުނު އެމެރިކާ ޒޯންގައި އާޖެންޓީނާ ޕެރުގުއާއީ ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.

އާޖެންޓީނާގައި ކުޅުނު މެޗުން އެޓީމު އެއްވަރުވީ 1-1 ލަނޑުންނެވެ. ޕްރެގުއާއީ އަށް ލިބުނު ޕެނެލްޓީއަކުން ލީޑްނަގައިފައި ވަނިކޮށް އާޖެންޓީނާއިން ނަތީޖާ ހަމަހަމަކުރީ ނިކޮލަސް ގޮންޒާލޭޒްގެ ލަނޑުންނެވެ. މެޗުގައި އާޖެންޓީނާ ކެޕްޓަން ލަނޑެއް ޖަހާ ލީޑް ނެގިނަމަވެސް ވީއޭއާރް އިން ވަނީ އެލަނޑު ބަލައި ނުގަނެފައެވެ.

މިމެޗުން ހޯދީ އެއް ޕޮއިންޓާއެކު އާޖެންޓީނާ ވަނީ ތާވަލުގެ ކުރީގައި އެއްޕޮއިންޓް ލީޑެއް ލިބުނު ނަމަވެސް މިރޭ ބްރިޒިލް ވެނެޒުއޭލާ އަތުން މޮޅުވެއްޖެ ކަމަށްވާނަމަ ދެ ޕޮއިންޓް ލީޑަކާއެކު ބްރެޒިލްއަށް އެއްވަނަ ލިބޭނެއެވެ. ރޭ ކޮލިފައިންގައި ބޮލީވިޔާ އާއި އިކުއޭޑޯ ވާދަކުރި މެޗު 3-2 ލަނޑުން  ކާމިޔާބުކުރީ އިކުއޭޑޯއެވެ.

މި މޮޅާއެކު އިކުއެޑޯ ވަނީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ކުރިޔަށް ޖެހިލާފައެވެ. ރޭގައި މެޗުން ހޯދި ޕޮއިންޓާއެކު ޕެރަގުއާއީ ވަނީ ހަތަރުވަނައަށް ކުރިޔަށްޖެހިލާފައެވެ. އާޖެންޓީނާ އޮތީ 10 ޓީމު ވާދަކުރާ ގުރޫޕްގެ އެއްވަނައިގަ ހަތް ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.