ކުރީގެ ރައީސް އަދި މަޖިލީހުގެ މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވުމަށް ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަށް ކުރެއްވި ތުހުމަތު ތަހުގީގުކުރަން މަޖިލީހަށް ހުށައަޅައިފިއެވެ.
މަޖިލީހަށް ހުށައެޅި މި މައްސަލަ މިހާރު ވަނީ އާންމު ކޮމިޓީން ބަލަން ފަށާފައެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރުން ހިމެނޭ ވަޓްސް އަޕް ގްރޫޕުގައި ރައީސް ނަޝީދު ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) އަތުގައި އެ މަނިކުފާނުގެ ލޭ ހޭކިފައިވާ ކަމަށެވެ.
ތިޔަ ބޭފުޅުންގެ އަތުގައި ހޭކިފައި ތިޔަވަނީ އަޅުގަނޑުގެ ލޭ.
ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ދިން ހަމަލާގެ ރޭވެންތައް ފޮރުވުމުގައި ސަރުކާރަށް މެމްބަރު ހުސެއިން ވާގިވެރިވާ ކަމަށެވެ. މި ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދަށް ރައްދު ދެއްވައި އަނދުން ހުސެއިން ވިދާޅުވީ، ރައީސް ނަޝީދު މިވަގުތު ހުންނެވީ މާ ބޮޑަށް ކޯފާވެފައި ކަމަށެވެ. އެ މެސެޖަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ، އަނދުން ހުސެއިންގެ އަތް ބެލުމުން އެ މަނިކުފާނުގެ ލޭ ފެންނާނެ ކަމަށެވެ.
އަޅުގަނޑުގެ ލެޔަކީ ކެރަފާ ދަނޑިކޮށީގެ ލޭ. އޭގައި އަސަރު ހުންނާނެ.
– ނަޝީދު ދާޅުވިއެވެ.
މި ތުހުމަތުތަކާއި ގުޅިގެން އަނދުން ހުސެއިން ވަނީ އޭނާގެ ނަން ތަހުގީގު ރިޕޯޓާއި އިންކުއަރީ ރިޕޯޓްގައި އޮތްތޯ ސުވާލު ކުރައްވާފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް ތާއީދުކުރާ މެމްބަރުން (ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުން) އަށް ނަޝީދު މިރޭ ކުރައްވާފައިވާއިރު، މިހަމަލާގައި ސަރުކާރުގެ އެއްވެސް އަތެއް ވާކަމެއް މިހާތަނަށް ކުރި ތަހުގީގުން ހާމަވެފައި ނުވެއެވެ.
ނަޝިދުގެ ތުހުމަތުތަކާއި ގުޅިގެން އަނދުން ހުސައިންމަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ބޮމުގެ ހަމަލާގެ ފަހަތުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް އަސާސެއް ނެތް ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރައްވާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހައްގުތަކާއި އިމްތިޔާޒްތަކަށް އުނިކަން އައިސްފައިވާކަމަށެވެ. ނަޝީދުގެ ތުހުމަތާ އެކު ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާގެ ސިޓީގައިވެއެވެ.
މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި
މިއަދު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ ޗެޓްލޮގްތައް ހޯދުމަށް އެދިވަޑައިގަތުމުން އެ މައްސަލަ ކޮމިޓީ އަށް އަންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެން ލިޔެކިޔުންތައް ވެސް ލިބޭ ފަދައިން އެކަން ވެސް ހަމަޖެހެން ވާނެ ކަމަށެވެ.
ކޮމިޓީގެ މުގައްރިރު ކަމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޕީޖީގެ ވަޓްސެޕް ގްރޫޕަކީ ރަސްމީ ގްރޫޕެއްތޯ ނުވަތަ އޭގެ މައުލޫމާތު އެގޮތަށް ހިއްސާ ކުރެވިދާނެތޯ އިދާރީ މުއައްޒަފުންގެ ފަރާތުން ސާފުކުރަން ޖެހޭ ކަމަށެވެ.
އެއްވެސް މެމްބަރަކު އިއުތިރާޒް ނުކުރައްވާތީ ކޮމިޓީން ނިންމީ އެކަންކަން ސާފު ކުރުމަށް ފަހު އެ މައްސަލަ ކުރިޔަށް ގެންދިޔުމަށެވެ. ކޮމިޓިގެ މުގައްރިރު ހަސަން ލަޠީފަކީ ރައީސް ނަޝީދަށް ތަޢީދުކުރައްވާ އެމަނިކުފާނުގެ އަރިސް މެންބަރެކެވެ.