ނުރައްކާ ބޮޑުވެ, ރާޖަޕަކަސައަށް އަސްކަރިއްޔާގެ ނޭވަލް ބޭސްގައި ހިމާޔަތް ދީފި

ނުރައްކާ ބޮޑުވެ, ރާޖަޕަކަސައަށް އަސްކަރިއްޔާގެ ނޭވަލް ބޭސްގައި ހިމާޔަތް ދީފި

އިސްތިއުފާ ދެއްވާފައިވާ, ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު, އަދި މިހާރުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ބޭބެ, މަހިންދަ ރާޖަޕަކްސައަށް ނުރައްކާބޮޑުވެ, ސްރީ ލަންކާގެ ޓްރިކޮމަލީގައި ހުންނަ އެގައުމުގެ އަސްކަރިއްޔާގެ ނޭވަލް ބޭސްގައި ހިމާޔަތް ދީފައިވާކަމަަށް, ސްރީ ލަންކާގެ ޑިފެންސް ސެކެޓްރީ ޖެނެރަލ ރިޓަޔަރޑް ކަމާލް ގުނެރަޓްނެ ވިދާޅު ވެއްޖެއެވެ.

ތިން ފަހަރަށް ސްރީ ލަންކާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަގެ އަމިއްލަފުޅު ގޭގައި މިހަފްތާގެ ހޯމަ ދުވަހު މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކުން ވަނީ ރޯކޮށްލާފައެވެ.

މަހިންދަ ރާޖަޕަކްސައާއި އަބިކަނބަލުންގެ އިތުރުން އާއިލާގެ އެހެން މެމްބަރުންވެސް, ރަސްމީ ގެކޮޅު, ޓެމްޕްލް ޓްރީ ދޫކޮށް ނޭވަލް ބޭސްގައި ހިމާޔަތް ހޯއްދަވާފައިވަނީ, އޭނާގެ ސަޕޯޓަރުނާއި މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކާ ދެމެދު ހިގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.

ސްރީ ލަންކާގެ ޓްރިކޮމަލިއަކީ އެގައުމުގެ އިރު އުތުރުގެ އައްސޭރި ފަށުގައި އޮންނަ ޕޯޓު ސިޓީއެކެވެ.

ގުނެރަޓްނެ ވިދާޅުވެފައިވާ ގޮތުގައި, މަހިންދަ ރާޖަޕަކްސް ޓެމްޕްލް ޓްރީގައި ހުންނެވުމަކީ ރައްކާތެރިކަމަށް ނުވާތީ, އޭނާއަށް ނޭވަލް ބޭސްގައި ހިމާޔަތް ދިނުމަށް ނިންމީ ކަމުގައެވެ.

މަހިންދަ ރާޖަޕަކްސަ ނޭވަލް ބޭސްގައި މިހާޔަތް ހޯއްދެވި ޚަބަރު އާންމު ވެގެން ދިއުމާއެކު, ގިނަ އަދަދެއްގެ ބަޔަކު މިހާރުވަނީ މި ސިޓީގައި ހުންނަ މިލިޓަރީ ފެސިލިޓީގެ ކައިރީގައި މުޒާހިރާ ކުރަން ފަށާފައެވެ.

"އޭނާ އެތާގެ އަބަދަ ދިރި ނޫޅޭނެ. އާންމު ހާލަތު ރުޖޫޢަވުމުން, އޭނާ ބޭނުންވާ ތަނަކަށް ބަދަލު ކުރެވޭނެ," ގުނެރަޓްނެ ވިދާޅުވެފައި ވެއެވެ. "އޭނާއަކީ ކުރީގެ ރައީސެއް, އެހެންވީ އެކަށިގެންވާ ސެކިއުރިޓީ ފޯރު ކޮށްދޭން ޖެހޭނެ."

ސަރުކާރާ ދެކޮޅަށް މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކާއި ދެކޮޅަށް ރާޖަޕަކްސަގެ ސަޕޯޓަރުން ހިންގާފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން, ރާޖަޕަކްސަ ހައްޔަރު ކުރުމަށްވެސް ސްރީ ލަންކާގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އަދި ސްރީ ލަންކާ އިގްތޮސާދީ ކާރިސާއެއްގެ ތެރެއަށް ވައްޓާލިކަމުގެ ތުހުމަތުގައި, އެގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެވެސް އިސްތިއުފާއަށް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *