ޓިކްޓޮކް ތަރި ރޫމީ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި، ސާބިތުވެއްޖެނަމަ ޢުމުރު ދުވަހުގެ ޖަލު ހުކުމެއް!

ޓިކްޓޮކް ތަރި ރޫމީ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި، ސާބިތުވެއްޖެނަމަ ޢުމުރު ދުވަހުގެ ޖަލު ހުކުމެއް!

Author
މުޙައްމަދު ޖިމީ
12 މެއި 2022 01:17
0

ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ރޫމީއާއެކު އޭނާގެ ފިރިމީހާ މުހައްމަދު ނަސީމްވެސް  ހައްޔަރު ކޮށްފައިވެއެވެ. އެމީހުން ހައްޔަރުކުރީ އެއެ ދެމަފިރިން ދިރިއުޅޭ ހ. ބްލޫ ބްރިޖް އިންނެވެ. ކޯޓު އަމުރެއްގެ ދަށުން ރޫމީގެ ގެ އަށް ފުލުހުން އިއްޔެ މެންދުރު ވަދެފައި ވަނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެގެއިން ހޮދި މަސްތުވާތަކެތީގެ ބަރުދަނުގައި 150 ގްރަމަށްވުރެ އިތުރުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ގާނޫނުގައި ބަޔާންކުރާގޮތުގައި ގޮތުން ވަކި މިންވަރަކަށްވުރެ މަސްތުވާތަކެތީގެ ބަރުދަން މަތިވެސާބިތުވެއްޖެނަމަ 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިކަމާއި ގުޅިގެން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.

ރޫމީގެ ފިރިމީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.