ދުޅަހެޔޮ ސިއްހަތަކަށް ރޭގަނޑުގެ ކެއުމާއި، ނިދުން ވަރަށް މުހިންމު

ދުޅަހެޔޮ ސިއްހަތަކަށް ރޭގަނޑުގެ ކެއުމާއި، ނިދުން ވަރަށް މުހިންމު

Author
ފާތިމަތު ނާވީ
12 މެއި 2022 07:57
0

ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކޮންމެ އިންސާނަކުވެސް ބޭނުންވާނެއެވެ. އެކަމަށްޓަކައި އެކިއެކި ގޮތްގޮތަށް މަސައްކަތްތަކެއްވެސް ކުރެވެއެވެ. ކަސްރަތުކުރުމާއި ކެއުމުގެ އާދަތަކަށް ބަދަލު ގެނައުންފަދަ ބައެއް ކަންތައްތަކެވެ.

ސިއްހަތާއި ދޭތެރޭ ވިސްނާ މާބޮޑަށް ހަށިގަނޑު ފަލަވިޔަދޭން ބޭނުންނުވާ ކޮންމެ މީހަކުވެސް ރޭގަނޑުގެ ކެއުމަށް އަދި ނިދުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލު ގެނެއެވެ. އެކަމަކު އެބަދަލަކީ އެންމެ އެކަށީގެންވާ ބަދަލުބާވައެވެ؟

ހަށިގަނޑު މާބޮޑަށް ފަލަވިޔަ ނުދިނުމަށްޓަކައި ރޭގަނޑުގެ ކެއުން ވީހާވެސް އަވަހަކަށް ކެއުން ވަރަށް މުހިންމެވެ. އަދި ކެއުމުގެ ތެރޭގައި ފައިބާއާއި ޕުރޮޓީން އެކުލެވޭ، ހަށިގަނޑަށް ފައިދާހުރި ކެއުންތައް ހިމެނުން ވަރަށް މުހިންމެވެ. ރޭގަނޑުގެ ބޮޑުބައިގައި ނުކައި ހުންނައިރު އެކެއުން ވާންޖެހޭނީ ތިމާގެ ހަށިގަނޑަށް ބެނުންވާ ހުރިހާ ބައެއްވެސް ލިއްބައިދޭފަދަ ކެއުމަކަށެވެ. ތަރުކާރީ އާއި މެވާގެ އިތުރުން މަހުގެ ބާވަތްތައް ވެސް ހިމަނަންވާނެއެވެ.

އަދި ރޭގަނޑުގެ ނިންޖަކީ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް އެންމެ މުހިއްމު އެކައްޗެވެ. ކޮންމެހެން މުހިއްމު ކަމެއްގައި މެނުވީ ރޭގަނޑުގެ މާދަންވަންދެއް ހެލާ އުޅުން ރަގަނޅެއް ނޫނެވެ. ނިދުމަށް ވަކި ގަނޑިއެއް ކަޑައަޅާ އެވަގުތަށް ނިދުމާއި ހޭލުމަށް އާދަކުރާށެވެ.

މިއީ ދިރިއުޅުމުގެ އާދަތަކުގެ ތެރެއަށް އިތުރުކޮށްލަން މަދު ކަމެއްނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރޭގަނޑުގެ ކެއުމާއި ނިދުމަށް ހާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިންމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.