އުސޫލާ ޚިލާފަށް ސިފްކޯއަށް 25 މިލިއަން ރުފިޔާގެ މަޝްރޫޢު ދިންކަން ހާމަވެއްޖެ

އުސޫލާ ޚިލާފަށް ސިފްކޯއަށް 25 މިލިއަން ރުފިޔާގެ މަޝްރޫޢު ދިންކަން ހާމަވެއްޖެ

ދައުލަތުގެ މާލިއްޔަތު ޤާނޫނާ ޚިލާފަށް ސިފައިންގެ ކުންފުނި (ސިފްކޯ)އަށް 25 މިލިއަން ރުފިޔާގެ މަޝްރޫޢު ހަވާލުކުރިކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ 2020 ވަނަ އަހަރުގެ އެމްއެންޑީއެފްގެ އޮޑިޓް ރިޕޯޓުންނެވެ.

އޮޑިޓް ރިޕޯޓްގައި ވާގޮތުން ސިންގަލް ސިފައިންގެ ނުވަ ބުރީގެ އިމާރާތަށް ފަރުނީޗަރު ސަޕްލައި ކުރުމުގެ މަސައްކަތް ކުރުމަށް ސޯސް ޕްރޮކިއުމަންޓް އުސޫލުން 2019 ވަނަ އަހަރު 1.5 މިލިއަން ރުފިޔާ އަށް ސިފްކޯއާއި ވަނީ ހަވާލުކޮށްފައެވެ.ޅ. މާފިލާފުށިގައި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރެއްގެ މަސައްކަތް ކުރުމަށް 16.4 މިލިއަން ރުފިޔާގެ މަޝްރޫއުވެސް އެ ކުންފުންޏާ އެއަހަރު ހަވާލުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

މި ރިޕޯޓްގައި ބުނެފައިވާގޮތުގައި އެމްއެންޑީއެފްގެ ހުޅުލެ ޕޯސްޓް ރީލޮކޭޓް ކުރުމަށް 6.9 މިލިއަން ރުފިޔާގެ މަޝްރޫއެއްވެސް ހަވާލުކޮށްފައިވެއެވެ.

މާލިއްޔަތު ޤަވާއިދުގައި ބަޔާންކުރާ ގޮތުގައި ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހިދުމަތް ހޯދާއިރު ޕްރޮކިއުމަންޓުގެ އަގު 35،000ރ. އަށް ވުރެ ބޮޑުވާނަމަ އެ ހިދުމަތެއް ހޯދަން ޖެހޭނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލްކަން ޔަގީން ކުރުމަށްފަހުގައެވެ.

މި ރިޕޯޓްގައި ބުނެފައިވާގޮތުގައި އެމްއެންޑީއެފްއިން ސިފްކޯއާއި ހަވާލުކޮށްފައިޥާ މަޝްރޫއުތައް ނުނިމި ދިގުލައިގެން ގޮސްފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. އެ މަޝްރޫޢުތައް ލަސްވެފައިވަނީ ސިފްކޯ އާ ހަވާލު ކުރުމުގެ ކުރިން އެ ކުންފުނީގެ އޮޕަރޭޝަނަލް ކެޕޭސިޓީ ރަނގަޅަށް ނުބެލޭތީކަމަށްވެސް ބުނެފައިވެއެވެ.

މި ރިޕޯޓްގަިއ ބުނެފައިވާގޮތުގައި ބައެއް މަޝްރޫޢުތަކުގެ އެޑްވާސް ފައިސާގެ ގޮތުގައިވެސް ބޮޑެތި ޢަދަދުތަކުން ފައިސާ ދީފައިވާކަމަށް ބުނެފައިވެއެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން ހަރަދު ކުރަން ޖެހޭނީ މަސައްކަތް ނިންމާ ވަރަކުން ދެވޭ ޕްރޮގްރެސިވް ޕޭމަންޓެއް ގޮތުގައިކަމަށް އެ ރިޕޯޓްގައިވެއެވެ. އެހެންނޫނަނަމަ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރުން ދޭ އަހަންމިއްޔަތުކަން ކުޑަވެ، މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމަށް މަގުފަހިވާކަމށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

އޮޑިޓަރ ޖެނެރަލް ވަނީ 2019 ވަނަ އަހަރުގެ ނިޔަލަށް ލިބެން ޖެހޭ އެމްއެންޑީއެފް އަށް ލިބެން ޖެހޭ 4.5 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިނުވާ މައްސަލަވެސް ފާހަގަކޮށްފައެވެ. އެ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާކަަމށް އޮޑިޓަރ ޖެނެރަލް ސޮއިކުރައްވާ ނެރެފައިވާ އޮޑިޓް ރިޕޯޓްގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *