މިއީ އެމްޑީޕީ ސަރުކާރެކޭ ބުނަންވެސް ލަދުގަނޭ: ގައްދޫ މެންބަރު

މިއީ އެމްޑީޕީ ސަރުކާރެކޭ ބުނަންވެސް ލަދުގަނޭ: ގައްދޫ މެންބަރު

Author
މުޙައްމަދު ޖިމީ
10 މެއި 2022 12:09
0

އެމަނިކުފާނަކީ އެމްޑީޕީގެ މެންބަރެކޭ ބުނަން ލަދުގަންނަކަމަށް ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ޒާހިރު މިހެން ވިދާޅުވީ، އޭނަގެ ދާއިރާ ގައްދޫގެ ފެނަކަ ބްރާންޗު ހިންގެވުމާއި ހަވާލުވެހުންނެވި މެނޭޖަރު އާރުޑީސީގެ މުވައްޒަފުންނަށް ބިރުދައްކާ އިންޒާރުދޭކަމަށް ތުހުމަތުކުރާ މައްސަލައާއި ގުޅިގެންނެވެ.

މެންބަރު ޒާހިރު ވަނީ އާރުޑީސީ ހިންގުމާއި ހަވާލުވެ ތިބީ ގައްދޫ ފެނަކައިންތޯ ސުވާލުކުރައްވާފައެވެ. ގައްދޫ ފެނަކަ މެނޭޖަރ އާރުޑީސީގެ މުވައްޒަފުންނަށް ބިރުދައްކައި ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ދިނީ ކޮން ހައިސިއްޔަތަކުންތޯ ސުވާލުކުރައްވާ މެންބަރު ޒާހިރު ވަނީ އެމްޑީޕީގެ ސަރުކާރެކެކޭ ބުނަން ލަދުގަންނަކަމަށް ވިދާޅުވެފައެވެ. އަދި މުޅި އެމްޑީޕީ ޚަރާބުކޮށްލާފައިވާކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ޒާހިރު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން، އިކޮނޮމިކް މިނިސްޓަރ ފައްޔާޒަށް ތަޢީދުކުރެއްވުމަށް އެކުންފުނިތަކުގެ މުވައްޒަފުންނަށް އަމުރުކުރާކަމުގެ ޝަކުވާތަކެއް ފެންމަތިވެފައިވަނިކޮށެވެ. އަދި ސަރުކާރުގެ ބައެއް ވަސީލަތްތައް ފައްޔާޒްގެ ކެމްޕެއިނަށް ބޭނުންކުރާކަމުގެ ތުހުމަތުވެސް ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ޓީމުން އަންނަނީ ކުރަމުންނެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަނަ ޗެއަރޕާސަން އިޮންތިޚާބުގެ ވާދަވެރިކަން ބޮޑުވެ އެމްޑީޕީ ވަނީ ދެބައިވެފައެވެ. އަދި ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ފެކްޝަނުން ގެންދަވަނީ ރައްދުދެއްވާ އެއްބަޔަކު އަނެއްބަޔަކަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.