ސްރީ ލަންކާގެ ބޮޑުވަޒީރު، މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވައިފި

ސްރީ ލަންކާގެ ބޮޑުވަޒީރު، މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވައިފި

Author
ހުސެއިން
09 މެއި 2022 03:43
0

ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކަސަގެ ދޮށީ ބޭބޭފުޅުން، އަދި އެގައުމުގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑު ވަޒީރު، އުމުރުފުޅުން 76 އަހަރުގެ މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އެގައުމަށް އަރައިގަނެވޭނެ މަގެއް ނުފެނި، ސްރީ ލަންކާގައި ބޮޑެތި ހަމަނުޖެހުންތައް ހިނގަން ފަށާފައި ވަނިކޮށެވެ.

އަދި މި ހަމަނުޖެހުންތައް ހުއްޓާލާ ރައްޔިތުން ހަމަޖެހުމަށްވެސް ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ މިއަދުވަނީ ގޮވާލައްވާފިއެވެ.

ސްރީ ލަންކާގެ ރައީސް ރައްޔިތުން ކެތްތެރިވުމަށް ގޮވާލައްވާފައި ވަނީ، މިއަދު އެގައުމުގައި ހިނގަން ފަށާފައިވާ ހަމަނުޖެހުންތަކުގައި، މަގާމުން އިސްތިއުފާ ދެއްވި، ބޮޑުވަޒީރު ގޮޓަބަޔަ ރާޖަޕަކްސްގެ ބޭބެ، މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުން، ސަރުކާރާ ދެކޮޅަށް މުޒާހިރާ ކުރަމުންދާ މީހުންނަށް ހަމަލާދީ ހިނގި ހަމަނުޖެހުންތަކިގައި މިއަދު 23 މީހަކަށް އަނިޔާ ވެފައި ވަނިކޮށެވެ. ހަމަ ނުޖެހުން ހިނގާފައިވަނީ، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ އިސްތިއުފާއަށް ގޮވާ، މުޒާހިރާ ކުރުމަށް ބޮޑުވަޒީރުގެ ގެކޮޅު ކައިރިއަށް އެއްވެ ތިބި މީހުންނާއި މަހިންދަ ރާޖަޕަކްސައަށް ތާއީދުކުރާ މީހުންނާ ދެމެދުއެވެ.

މިހަމަ ނުޖެހުންތަކާއި ގުޅިގެން ފުލުހުން މިހާރުވަނީ ވެރިރަށް ކޮލޮމްބޯގައި ކާފިއު ހިންގާފައެވެ.

ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ކުރެއްވި ޓުވީޓުގައި އޭނާވަނީ، ހަމަނުޖެހުމުން އުފައްދާދޭނީ ހަމަނުޖެހުން އެކަނި ކަމަށާއި، އަދި ރައްޔިތުން ކެތްތެރިވުމަށް ގޮވާލައްވާ ކަމަށެވެ.

މަހިންދަ ރާޖަޕަކްސަވަނީ 2004 ވަނަ އަހަރުވެސް ސްރީ ލަންކާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަދި އެއަށްފަހު އޭނާ ވަނީ 2005ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް އެގައުމުގެ ރައީސްކަންވެސް ކުރައްވާފައެވެ. އަދީ އޭނާއަކީ، އެގައުމުގެ އަހުލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޭނާގެ ދައުރުގައި ހިންގި، އަނިޔާވެރި ހަގުރާމައިގެ ނަތީޖާއެއްގެ ގޮތުން، އޭރުގެ ސަރުކާރުން ހޯދި މިކާމިޔާބީގެ ސަބަބުން އެގައުމެ އާބާދީގެ މެޖޯރިޓީ އޮންނަ ސިންގހަލަ-ބުޑިސްޓް ދަރިކޮޅުގެ ތާއީދު ވަރަށް ބޮޑަށް އޮންނަ ބޭފުޅެކެވެ.

މަހިންދަ ރާޖަޕަކްސަގެ ވެރިކަން 2015ވަނަ އަހަރު ނިމިގެން ގޮސްފައިވަނީ އޭނާގެ ސަރުކާރުގެ ތެރޭގައި ހިގައިދިޔަ ކޮރަޕްޝަނާއި ފަސާދައިގެން ގިނަ ކަންކަން އާންމުވެ، ގައުމުގެ ދަރަނި އިންތިހާއަށް މަތިވެ، ޖެހިގެން އައި ރިޔާސީ އިންތިޚާބުގައި އޭނާއަށް ނާކާމިޔާބީއާއި ކުރިމަލައްވަން ޖެހިވަޑައިގަތުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް، އޭގެ 6 އަހަރުފަހުން، ބޭއްވުނު އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ސްރީ ލަންކާގެ ވެރިކަމަށް ވަޑައިގެންނެވީ އޭނާގެ ކޮއްކޮ ގޮޓަބަޔަ ރާޖަޕަކްސައެވެ. އަދި އެއާއެކު އަނެއްކާވެސް ގައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ، މަހިންދަ ރާޖަޕަކްސައެވެ.

ސްރީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއަކީ، 1948ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބުނުފަހުން އެގައުމު ވެއްޓިފައިވާ އިގްތިސާދީ އެންމެ ބޮޑު ވަޅުގަޑެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.