މިއަދުގެ ޙާލަތަކީ ދެ ރައީސަކު ރައްޔިތުންނަށް އޮޅުވާލެއްވުން: ރައީސް ޔާމީން

މިއަދުގެ ޙާލަތަކީ ދެ ރައީސަކު ރައްޔިތުންނަށް އޮޅުވާލެއްވުން: ރައީސް ޔާމީން

Author
މުޙައްމަދު ޖިމީ
09 މެއި 2022 10:50
0

މި ހިނގަމުންދާ ސަރުކާރުގެ ހާލަތަކީ، ވެރިކަމުގައި ތިއްބެވި ދެ ވެރިން ރައްޔިތުންނަށް އޮޅުވާލެއްވުންކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވެފައިމިވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތައިރޮއިޑްގެ ސާރޖަރީއެއް ކުރެއްވުމަށްޓަކައި، ނާއިބު ރައީސް ފައިސަލް ނަސީމް ރައީސްކަމުގެ ހުވާކުރެއްވުމާއި ގުޅުގެން ފާޑުވިދާޅުވަމުންނެވެ.

ދެބޭފުޅުންވެސް ރައީސްކަމުގެ ހުވައި ކުރައްވާފައިވުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ރައީސް ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިހާއި ނާއިބު ރައީސް ފައިސަލް ނަސީމަކީ ރައްޔިތުންނަށް އޮޅުވައިލެވުނު އިންތިޚާބަކުން ފައިދާ ލިބިވަޑައިގަންނަވާ ދެބޭފުޅުންކަމަށާއި، އެއީ ރައީސް ޞާލިޙަށް ޒިންމާ އަދާނުކުރެއްވޭނެ ހާލަތެއް މެދުވެރިވުމުން، ރައީސްކަން ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން ދީފައިވާ ނައިބުރައީސް ފައިސަލް ނަސީމު ކަމަށެވެ. ރައީސް ޔާމީން ވަނީ ނާއިބު ރައީސް ފައިސަލް ނަސީމަށް ރައީސްކަން ވަގުތީ ގޮތުން ސުޕްރީމް ކޯޓުން ހަވާލުކުރިކުރުން ރުޖޫއަކޮށްފައިވޭތޯވެސް ސުވާލުކުރައްވާފައެވެ.

މިއަދުގެ ވެރިކަމުގެ އަސްލު ސިފަ: ދެ ރައީސަކު ރައްޔިތުންނަށް އޮޅުވާލަމުން ދިއުން. އެކަކު އެއީ އޮޅުވާލި އިންތިޚާބުގެ ނާޖާއިޒް ފައިދާ ލިބިގަތް މީހާ. ފައިސަލްއަކީ, ހުރި ރައީސަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭތީ މަތީ ކޯޓުން ރައީސްކަމުގެ މަގާމަށް އިސްކޮށްފައި ހުރި މީހެއް. ސުޕްރީމް ކޯޓުން މިހާރު އޭނާ މަގާމުން ދުރުކުރީތަ؟

ރައީސް ޔާމިން ޓުވީޓު ކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޒުރުވެރިވެވަޑައިގެންފިނަމަ، އެކަން ލިޔުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގަވައި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރައްވަން ންވާނެކަމަށް ޤާނޫނު އަސާސީގެ 123ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވެއެވެ.

ރައީސް ސާރޖަރީއެއް ކުރެއްވުމަށް ނާއިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ކުރައްވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 25ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.