ނުރައްކާތެރި އެއްޗެއް އޮތްކަމަށް ހީވެގެން ޗެކްކުރި އިރު ހުސް ފޮއްޓެއް

ނުރައްކާތެރި އެއްޗެއް އޮތްކަމަށް ހީވެގެން ޗެކްކުރި އިރު ހުސް ފޮއްޓެއް

Author
މުޙައްމަދު ޝަޒައިމް
08 މެއި 2022 02:25
0

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ނުރައްކާތެރި ގޮވާ ޒާތުގެ އެއްޗެއް އޮތް ކަމަށް ބުނެ ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން ބެލި އިރު، ކުނި އަޅާފައި ހުރި ލަގޭޖް ފޮށިގަނޑެއް ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ސްޓޭޑިއަމް ކައިރީގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގައި ހުރި ގޮތް ނޭގޭ ފޮއްޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާކަމަށެވެ.

މިކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ އީއޯޑީ ޓީމް ހަރަކާތްތެރިވެ، ބެލި ބެލުމުން އެނގިފައި ވަނީ އެއީ ހުސްފޮއްޓެއް ކަމަށެވެ.

އެމްއެންޑީއެފުން ވަނީ އެފޮށި ދައްކާވެސް ލާފައެވެ. ފޮށީގެ ތެރެގައި ހުރީ ކުނިތަކެކެވެ. އެ ސަރަހައްދު ބަންދުކޮށްފައި އޮތުމަށް ފަހު ފުލުހުން މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.