ތަޢޫލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ރައީސްގެ ވަޢުދުފުޅުގެ ދަށުން ބޮޑުކޮށްދިން ނަމަވެސް، މަތީ ތަޢުލީމުގެ ދާއިރާގައި މަސައްކަތްކުރާ ލެކްޗަރާއިންގެ މުސާރަ ބޮޑުކޮށްދީފައިނުވާތީ، އެ ލެކްޗަރާއިން ހިމޭން އިހްތިޖާޖެއް ފަށައިފިއެވެ. މިކަމުގައި އިސްކޮށް އުޅުއްވަނީ ޤައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންނެވެ.
ޓީޗަރުންގެ މުސާރަ ރައީސް ބޮޑުކޮށްދެއްވުމާިއ ގުޅިގެން ޤައުމީ ޔުނިވާސިޓީއާއި އިސްލާމީ ޔުނިވާސިޓީގެ ލެކްޗަރާއިން ގެންދަވަނީ މުސާރަ ބޮޑުކޮށްދެއްވުމަށް ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް އެކަމަށް އިޖާބައެއް ސަރުކާރުން ދެއްވާފައިނުވާކަމަށް ބުނެ މިއަދު އިހްތިޖާޖު ކުރަމުންދާއިރު، އެ ލެކްޗަރާއިން ވަނީ ކަޅު ހެދުމުގައި އެކި ޝުޢޫރުތައް ދައްކުވައިދޭ ބޯޑުތަކާއި ލިޔުންތައްވެސް ހިފައިގެން އިހްތިޖާޖުގައި ބައިވެރިވެފައެވެ.
— Ali Zaid (@alizaid1000) May 8, 2022
ލެކްޗަރާއިން ވިދާޅުވަމުން ގެންދަވަނީ ޓީޗަރުން އުފައްދާ ޓީޗަރުންނަށް ކިޔަވައިދޭ މީހުންގެ މުސާރަ ބޮޑު ނުކޮށް ހަމައެކަނި ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ އިންސާފެއް ނޫންކަމަށެވެ. އަދި ލެކްޗަރާއިން ބާކީ ކޮށްލުންކަމަށް ސިފަކޮށް އެ ފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ލެކްޗަރާއިންގެ މުސާރައަށް ކުރިއެރުމެއް ނާންނަތާ ވަރަށް ޒަމާންވެފައިވާކަން އެފަރާތްތަކުން ފާހަގަކުރެއެވެ. އަދި މުސާރަ ބޮޑުކޮށްދޭނެކަމަށް ސަރުކާރުތަކުން ބުނަމުން ދިޔަނަމަވެސް އެކަމަށް ހަގީގީ ސިފަޖެހިފައިނުވާކަމަށްވެސް ލެކްޗަރާއިން ފާހަގަކުރެއެވެ.
— Ali Zaid (@alizaid1000) May 8, 2022
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާ އެކު ގިނަ ޓީޗަރުންގެ މުސާރަ 20،000 ރުފިޔާ އިން މައްޗަށް ބޮޑުވެފައިވެއެވެ. އަދި ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށްވެސް މުސާރައިގެ ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ