ވ.އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްކަމަށްވާ ސިނަމަން ވެލިފުށި ރިސޯޓުން ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ސިނަމަން ވެލިފުށީ ރިސޯޓުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އެރިސޯޓޤގައި މަސައްކަތްކުރާ 2 ބިދޭސީންކަމަށެވެ. އެމީހުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 10 ވަނަ ދުވަހުކަމަށާއި، އެމީހުން ޕޮޒިޓިވްވެފައިވަނީ ބަލީގެ ޢަލާމާތްތައްހުރެގެން ކޯވިޑަށް ޓެސްތްކުރުމުންކަމަށެވެ. މިކަމާއި ގުޅިގެން އެރިސޯޓްގެ ޙަލަތު ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، އެގޮތުން 38 މުވައްޒަފެއްގެ ސާމްޕަލް މިހާތަނަށް ނަގާފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި އިތުރު މުވައްޒަފުންގެ ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.
އިރާދަކުރެއްވިއްޔާ އެރިސޯޓުން ނެގި ސާމްޕަލްތައް މާދަމާ މާލެގެނެސް ޓެސްޓްކުރުމުގެ ކަންތައްތައް ކުރިއަށްދާނެ
-އެޗްއީއޯސީގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް
ވ.އަތޮޅުގައި ހިންގަމުންއަންނަ ސިނަމަން ވެލިފުށީ ރިސޯޓަކީ 5 ތަރީގެ ރިސޯޓެކެވެ. އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު 25 ރިސޯޓެއްގައި ކޯވިޑް-19ގެ ބަލިމީހުން އެބަތިއްބެވެ. އޭގެތެރޭގައި ހިމެނެނީ 54 ފަތުރުވެރިންނާއި، 133 މުވައްޒަފުންނެވެ.
ކޮމެންޓު ފޮނުވާ