މާހެޔޮވެގެން އުޅޭ މުޝްރިކުންގެ ހީލަތްތެރިކަމުން ސަލާމަތްވުމަށް ދިވެހިން މަސައްކަތްކުރަންޖެހޭ: ޢަލީ ރަމީޒް

މާހެޔޮވެގެން އުޅޭ މުޝްރިކުންގެ ހީލަތްތެރިކަމުން ސަލާމަތްވުމަށް ދިވެހިން މަސައްކަތްކުރަންޖެހޭ: ޢަލީ ރަމީޒް

Author
މުޙައްމަދު ޖިމީ
07 މެއި 2022 12:24
0

ދިވެހިންނަށް މާ ހެޔޮބަޔަކަށް ވެގެން އުޅޭ މުޝްރިކުންގެ ހީލަތްތެރިކަމުން ރާއްޖެ ސަލާމަތްކުރުމަށް ކޮންމެ ދިވެއްސަކުވެސް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެ މަޝްހޫރު ދީނީ ޖަމިއްޔާ ޖަމިއްޔަތު ސަލަފްގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒް އިންޑިއާއަށް ފާޑުވިދާޅުވެއްޖެއެވެ.

އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް ޤައުމުކަމަށާއި، ދިވެހިންނަށް ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި އެންމެ ގާތުން އެންމެ ފުރަތަމަ ދީލަތި އެހީދޭ ޤައުމަކީ އިންޑިއާކަމަށް ބުނެ ސަރުކާރުން އަންނަނީ އިންޑިއާ އާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ހުރަސް އަޅަމުންނެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބޭކަމަށާއި، އިންޑިއާގެ ހީލަތްތެރި ވިސްނުންތަކެއް ގެންގުޅޭކަމަށް އިދިކޮޅުން ގެންދަނީ ތުހުމަތުކުރަމުންނެވެ. މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް މަސައްކަތްކުރާކަމަށް އަޑު ފެތުރިފައިވާއިރު، ސަރުކާރުން އަންނަނީ އެކަން ދޮގުކުރަމުންނެވެ.

ޢަލީ ރަމިޒު ވަކި ޤައުމެއްގެ ވަކި ބައެއްގެ ނަން ވިދާޅުނުވެ އެކަންކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަމިއްލަ ޤައުމުގެ މުސްލިމް ރައްޔިތުން މަރާ، މިސްކިތްތަކާއި ގެތައް ސުންނާފަތިކޮށް، އަންހެނުން ތަޢުލީމުން މަހްރޫމްކުރަމުން، ރާއްޖޭގެ މުސްލިމުންނަށް މާ ހެޔޮބަޔަކަށް ވެގެން އުޅޭ "ނަޖިސް" މުޝްރިކުންގެ ހީލަތްތެރިކަމުން މި ރާއްޖެ ސަލާމަތްކުރުމަށް ކޮންމެ ދިވެއްސަކުވެސް މަސައްކަތްކުރަންޖެހޭކަމަށެވެ.

ޢަލީ ރަމީޒް މިހެން ވިދާޅުވެފައިވާއިރު، އިންޑިއާގައި އެޤައުމުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ސަރުކާރުން ލާއިންސާނީ އެތައް ކަމެއް ކުރަމުން އަންނަކަން ވަނީ ހާމަވެފައެވެ. އެގޮތުން އަންހެނުން ތަޢުލީމުން މަހްރޫމްކުރުމާއި، ބުރުގާ އަޅައިފައިތިބޭ މުސްލިމުން އަންހެނުންނަށް ޖެއްސުމާއި ފުރައްސާރަ އެޤައުމުގެ ހަރުކަށި ހިންދޫންގެ ފަރާތުން އަބަދުވެސް އަންނަނީ ކުރިމަތިލަމުންނެވެ.

ކަން މިހެން އޮތްތއިރު، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ޤާއިމްވެ ތިބުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އރަސީދު މޫސާ
ދިވެހިންނައް ދިވެހި ގައުމު ނުބެހެއްޓޭ ހިސާބަކައް އަދިނުދޭ މިގައުމަކައް އެހެން ގައުމެއްގެ އަސްކަރިއްޔާއެއް ބޭނުމެއްނުވޭ ދިވެހި ގައުމައް ގައްދާރު ވާން ދިމާކުރި ކޮންމެ ފަހަރަކު މިގައުމު ސަލާމަތް ކޮއްފަ ހުރީ ހަމަ ދިވެހި ދަރިން ދެންވެސް މި ފަސްގަޑު ހިމާޔަތް ކޮއް ބަލަހައްޓާނީ ދިވެހި ދަރިން.މިގައުމުގަ އެހެން އަސްކަރިއްޔާއެއް ތިބެއްޏާ ހޭދަތަކެއްވެސް ކުރައްގެހޭނެ ސައްކެއްނެތް އެހޭދަ އެހެން ގައުމަކައް ނުކޮއް މިގައުމުގެ ނިކަމެތި ފަރާތްތައް ހޯދައި އެފަރާތްތަކުގެ ހާލަތު ބަދަލުކޮއްދިނުއް އެއީ ދިވެހިންނައް މަސްލަހަތު ހުރިރަގަޅުގެތް
ފ ފިޒާން
ދީނީ ތާކިހާ އަޅަައިގެން ރާއްޖޭގަ އެބައުޅޭ އެއަށް ވުރެ ބޮޑަތި މައްލޫނުން.ކޮންމެގޮތެއް ހަދަ އިގެން ވެސް އަންހެން ކުދިންނާ ފައިސާ ބެނުންވެގެން އުޅޭ ރޯނު އެދުރުން މީހުންގެ ބޮލަށް ސަވާރުވެގއން ހެއްދެވި ހުރިހާ ނުބައިކަމެއް ދަނީ ކުރަމުން. ކުޑަކުދީންނާ ބެހުމުން ގޮސް އާއިލާއާއެކީ ބެހުންފަދަ.ހުންނަނީ ޖުއްބާލާފަ.ދައްކަނީ ދީނީ ވާހަކަ
ޖ ޖިލްބާބު
މީ ޗައިނީޒް ކަޕްނޫޑުލްސް އަށް އެޑިކްޓް ވެފައިވާބައެއް. އެމީހުން މުސްލިމުންނަށް ކޮންމެގޮތެއްހެދިޔަސް ހަމަބަރާބަރު. އޯކޭ!
ކ ކޮވެލި
މުސްލިމުންގެ ނަމުގަ މާ ބޮޑަށް ދީނީވެގެން އުޅޭ މީހުންގެ މަކަރުވެރިންގެ ކިބައިން ސަލާމަތް ނުވާނަ މިރާއްޖެ އަފްގާނިސްތާނަށް ޖެހިފައިވާ ހާލު ޖެހުން ކައިރިއެވެ.
މ މުނާޒު
ޢަލީރަމީޒު ބުނިކަމުގަ ވިއަސް ތެދެއް ވާނީ ތެދަކަށް. ޢަމިއްލަ އަށް ވިހާބޮޑުކުރި ދަރިންނަށް އަޅާނުލި މީހަކު އެހެންމީހެއްގެ ދަރިޔަކަށް އަޅާލާނެތަ. މޯދީގެ ޕާރޓީ އަކީ މުސްލިމުން ނައްތާލަން ފާޅުގަ ޖަރީމާހިންގާ ލާއިންސާނީ މުޑުދާރު ބައެއް.
ޖ ޖޯން
އަލީ ރަމީޒް އަށް ދޭންވީއެއްނު މަގާމެއް
އެބޭފުޅާ އެން ވިދާޅުވަނީ ދީނީ ނަޒަރަކުންނޫން ކަޑާއެޅީގެން ސިޔާސީ ގޮތުން އަޅުގަނޑުމެން އެކަހަލަ ބޭފުޅުންނައް ކިޔަނީ ހިޔަޅު ފިކުރު އެބާވަތުގެ މީހުން ރިސްވަތު ހިފާނެ..
ާ ާއަޙްމަދު
ޥަރަށްބޮޑު ތެދެއް. ޢަމިއްލަ ޤައުމުގެ މުސްލިމުންނަށް އިހާނެތިކޮށްހިތާ ބައެއް އެހެންޤައުމެއްގެ މުސްލިމުންނާއިމެދު ކަންތަށްކުރާނީ ކޮންފަދައަކުން ބާއޭ ހިތަށް އަރައެވެ..