މަނީ ހެއިސްޓްގެ ކޮރެއާ ވާޝަން ޖޫން 24ގައި ނެޓްފްލިކްސްއަށް!

މަނީ ހެއިސްޓްގެ ކޮރެއާ ވާޝަން ޖޫން 24ގައި ނެޓްފްލިކްސްއަށް!

2017 އިން ފެށިގެން ނެޓްފްލިކްސްއިން ގެނެސްދޭންފެށި ކްރައިމް ޑްރާމާ "މަނީ ހެއިސްޓް"ގެ ކޮރެއާ ސީރީޒް މި އަހަރުގެ ޖޫން މަހު ދައްކަން ފަށަން ތައްޔާރުވެއްޖެއެވެ.

ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ސްޕެނިންގެ މި ސީރީޒް ނިންމާލާފައިވަނީ ވަނީ 2021 ވަނަ އަހަރު ސީރީޒްގެ 5 ވަނަ ސީޒަނާއެކުގައެވެ.

ޝައުޤުވެރިކަމާއެކު މި ސީރީޒް ބެލި މީހުންނަށް މީގެ ކޮރެއަން ވާޝަން ގެނެސްދޭ ޚަބަރު ވެގެންދާނީ އުފާވެރި ޚަބަރަކަށެވެ. ހާއްސަކޮށް ކޮރެއާގެ ފިލްމުތަކާއި ސީރީޒްތައް ފަހަކަށް އައިސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހޯދަމުންދާ މަގުބޫލު ކަމަށް ބަލާއިރު މި ސީރީޒް ގިނަބަޔަކަށް ވަރަށް ކަމުދާނެކަމަށް ބެލެވެއެވެ.

މަނީ ހެއިސްޓްގެ ކޮރެއަން އެޑަޕްޓޭޝަން ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާނީ އަންނަ ޖޫން މަހުގެ 24 ވަނަ ދުވަހު ކަމަށް ނެޓްފްލިކްސް އިން ވަނީ އިއުލާން ކޮށްފައެވެ.

"މަނީ ހެއިސްޓް: ކޮރެއާ – ޖޮއިންޓް އިކޮނޮމިކް އޭރިއާ" ގެ ނަމުގައި ގެނެސްދޭ މި ސީރީޒްގެ ފަސްޓްލުކްވެސް ދައްކާލާފައި ވާއިރު މި ސީޒްގައި ފޭރޭ މީހުންގެ މާސްކްތައް ޑިޒައިން ކޮށްފައި ހުރީ ކޮރެއާގެ މީހުންގެ މޫނު ސިފަވާކަހަލަ ގޮތަކަށެވެ.

ސްޕެއިން ބަހުން ގެނެސްދޭންފެށި 'މަނީ ހެއިސްޓް' އަށް ލިބެންފެށި ތަރުހީބާއެކު ނެޓްފްލިކްސް މެދުވެރިކޮށް އިނގިރޭސި ބަހުން މިސީރީޒް ބަލާފައިވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް ވަނީ އިތުރުވެފައެވެ. މީގައި ދައްކުވައި ދީފައި ވަނީ ޔޫރަޕުގައި ހިންގާ އެންމެ ބޮޑެތި ފޭރުމުގެ އަމަލުތަކެއް ރާވައި ހިންގާ ގޮތްތަކާއި އެކަންކަމުގެ ފަހަތުގައި ތިބި މީހުންގެ ވާހަކަ ތަކެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *