އިންޒާރުދިން މީހާ ފުރުވާލުމަކީ އެކަށީގެންވާކަމެއް، މައްސަލަ ބަލާކަމެއްވެސް ނޭގޭ: ޕީޕީއެމް

އިންޒާރުދިން މީހާ ފުރުވާލުމަކީ އެކަށީގެންވާކަމެއް، މައްސަލަ ބަލާކަމެއްވެސް ނޭގޭ: ޕީޕީއެމް

Author
މުޙައްމަދު ޝަޒައިމް
05 މެއި 2022 05:35
0

ކުރީގެ ރައީސް ޔާމީނަށް އިންޒާރު ދިންމީހާ ފުރުވާލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އިންޒާރު ދިން މައްސަލަ ބަލާކަމެއްވެސް، ނުބަލާކަމެއްވެސް ފުލުހުން އަންގާފައި ނުވާކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފިއެވެ.

ރައީސް ޔާމީން ސައިޒު ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ މެމްބަރު ހުސެއިން ސައީދުއެވެ. އޭނާގެ މައްސަލަ ބަލައި ދިނުމަށް ފުލަހަށް ހުށަހަޅައިފައި ވަނިކޮށް އޭނާ ފުރައިގެން އިންޑިއާއަށް ގޮސްފައިވާކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާއި ގުޅިގެން ޕީޕީއެމް އިން ބުނީ ރައީސް ޔާމީނަށް އިންޒާރުދިން މައްސަލަ ބަލާކަމެއްވެސް ނުބަލާ ކަމެއްވެސް އެކަމާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް ޖަވާބެއް ފުލުހުން ދީފައި ނުވާކަމަށެވެ. އަދި އިންޒާރު ދިން މީހާ ފުރުވާލިކަމެއްވެސް އެޕާޓީއެއް ސާފެއް ނުވާކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ޕީޕީއެމްއިން ގޮވާލަނީ ރައީސް ޔާމީޏްގެ ފުރާއަށް ނުރައްކާވާގޮތަށް އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަވަހަށް ބަލައި ދިނުން. އަދި މިފަދަ އިންޒާރުގެ މައްސަލަ ތަކާއި ގުޅިގެން ހަމަހަމަކަން އިސްކުރުމަށް. ޕީޕީއެއިން ބުނެފައިވެއެވެ.

ޕީޕީއެމްއެމް އިން ބުނެފައިވަނީ ރައީސް ޔާމީނަށް އިންޒާރުދިނީ އިންޑިއާ ހައިކޮމިޝަނާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، އަދި މިސަރުކާރަށް ވާގިވެރިވާ ފަރާތްތައް ފަހަތުގައި ތިބެގެން ކަމަށްވާތީ އެންމެން ގުޅިގެން އޭނާ ފުވާލުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ރައީސް ޔާމީން ހުއްޓުވަން ކަމަށް ބުނެ ޒުވާނުންތަކެއް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ހ. ދޫވެހި ކައިރި އަށް ވެސް މިިދިޔަ އަންގާރަ ދުވަހު އެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.