އިނގިރޭސިވިލާތުން ޔޫކުރެއިންއަށް 375 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދޭނެކަން އިއުލާން ކޮށްފި

އިނގިރޭސިވިލާތުން ޔޫކުރެއިންއަށް 375 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދޭނެކަން އިއުލާން ކޮށްފި

އިގިރޭސިވިލާތުން ޔޫކުރެއިންއަށް 375 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދޭން ނިންމާފައި ވާކަން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާން ކުރައްވައިވިއެވެ. އިނގިރޭސި ބޮޑުވަޒީރު އިއުލާން ކޮށްފައިވާ އަސްކަރީ އެހީގެ ތެރޭގައި، ހަނގުރާމާގައި ބޭނުން ކުރާނެ އިލެކްޓްރޯނިކް އާލާތްތަކުގެ އިތުރުން، ކައުންޓަރ ބެޓްރީ ރާޑަރ ސިސްޓަމްވެސް ހިމެނެއެވެ.

"އަހަރެން މިއަދު ދޭން ބޭނުންވާ އެއް މެސެޖެއް އެބައޮތް: ޔޫކުރެއިން މި ހަނގުރާމަ ކާމިޔާބު ކުރާނެ. ޔޫކުރެން މިނިވަން ގައުމަކަށް ވެގެންދާނެ،" ޔޫކުރެއިންއަށް ފޯރުކޮށްދޭ އަސްކަރީ އެހީ އިއުލާން ކުރެއްވުމަށް، ވީޑިއޯ ލިންކު މެދުވެރިކޮށް ޔޫކުރެއިންގެ ގާނޫނުހަދާ މަޖިލީހާ ވާހަކަ ދައްކަވަމުން ޖޯންސަން ވިދާޅުވެފައި ވެއެވެ.

"ޔޫކުރެއިންގެ ރައްޔިތުންގެ ހިތްވަރާއި، އެމީހުންގެ ގައުމަށް އެމީހުންގެ ހިތްތަކުގެ އޮތް ލޯބި ފެނިފަ، ޕުޓިން ޒިންމާދާރުކަމެއް ނެތް އަަސްކަރިއްޔާ އެއޮތީ އިނދަޖެހިފަ."

ފާއިތިވެދިޔަ އެޕްރިލް މަހުގެ 22 ވަނަ ދުވަހު އެމެރިކާއިންވެސް ވަނީ ޔޫކުރެއިން އިތުރު 800 މިލިއަން ޑޮލަރުގެ އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭނެކަން އިއުލާން ކޮށްފައެވެ.

ޕެންޓަގަންގެ ތަރުޖަމާން ޖޯން ކިރުބީ ވިދާޅުވި ގޮތުގައި، އެންމެ ފަހުން ފޯރުކޮށްދިން އެހީއާއެކު، ބައިޑްންގެ ވެރިކަމުގައި އެމެރިކާއިން ޔޫކުރެއިންއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ އަދަދު 4 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިގެން ދާނެކަމުގައެވެ. އަދި ވިދާޅުވެފައިވަނީ، ފާއިތުވެދިޔަ ފެބްރުއަރީމަހު ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާދޭން ފެށިފަހުން، 3.4 ބިލިއަން ޑޮލަރުގެ އެހީ އެމެރިކާއިން އިއުލާން ކޮށްފައިވާ ކަމުގައެވެ.

މީގެއިތުރުން ޖާމަނީއިންވެސް ވަނި އެގައުމުން ހަގުރާމަމަތީ ޓޭންކު ޔޫކުރެއިން ދޭނެކަން ފާއިތުވެދިޔަ ހަފްތާގައި އިއުލާން ކޮށްފައެވެ.

ރަޝިއާއިންވަނީ ހުޅަނގުގެ ގައުމުތަކުން ޔޫކުރެއިންއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށް ނުދިމަށް އެގައުމުތަކަށް އިންޒާރު ކޮށްފައެވެ. އަދި ހުޅަނގުގެ ގައުމުތަކުން ޔޫކުރެއިންއަށް ފޯރުކޮށްދޭ އަސްކަރީ ގާފިލާތަކަށް އެގައުމުން ހަމަލާ ދޭން ޖެހިދާނެ ކަމުގެ އިންޒާރުވެސް ރަޝިއާއިން ދީފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *