ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ދަރްމެންދުރާ (ދަރޭ) ކުއްލިއަކަށް ބަލިވެގެން މުމްބާއީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައިި އެޑްމިޓްކޮށް، އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފިއެވެ.
ދަރްމެންދުރާގެ ސިއްހީ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާގެ އަންހެނުން އަދި އެކްޓްރެސް ހެމާ މާލިނީ ބުނެފައި ވަނީ ދަރޭ ގެ ހާލު މިހާރު ރަނގަޅު ކަމަށާއި މިވަގުތު އަންނަނީ ގޭގައި އަރާމު ކުރަމުން ކަމަށެވެ.
ދަރްމެންދުރާ ވަނީ ޓްވިޓާގައި އޭނާގެ ހާލަތާއި ބެހޭގޮތުން ވާހަކަ ދައްކައި ސާޅީސް ދެ ސިކުންތުގެ ވީޑިއޯ ކޮޅެއް ހިއްސާކޮށްފައެވެ.
Friends, i have learnt the lesson ???? pic.twitter.com/F6u8mtnTUl
— Dharmendra Deol (@aapkadharam) May 1, 2022
ދަރޭ ބަލިވި އިރު، އޭނަ އަކީ ޑައިރެކްޓަރ ކަރަން ޖޯހަރް އަންނަ އަހަރުގެ ފެބްރުއަރީ 10 ގައި ގެނެސްދޭން އޮތް ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި ވެސް ހިމެނޭ ތަރިއެކެވެ.
ދަރޭގެ ކުލަގަދަ ކާމިޔާބު ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެ، ގިނަ ބައެއްގެ ހިތުގައި އޭނާ ވަނީ ރަސްކަން ކޮށްފައެވެ.