މަންމަ އާއި ކޮއްކޮ ގޮވައިގެން ދީޕިކާ ޗުއްޓީގައި

މަންމަ އާއި ކޮއްކޮ ގޮވައިގެން ދީޕިކާ ޗުއްޓީގައި

Author
ފާތިމަތު ނާވީ
04 މެއި 2022 09:01
0

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަޑުކޯން އޭނާގެ މަންމަ އުއްޖަލާ ޕަޑުކޯން އަދި ކޮއްކޮ އަނީޝާ ޕަޑުކޯނާއެކުގައި އިޓަލީގެ ވެނިސްގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މި ޗުއްޓީގައި ދީޕިކާ ކުރާ ހުރިހާ ކަމެއްހެން އަންނަނީ އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ. އެގޮތުން ފަސްޓްކްލާސްގައި ކުރި ދަތުރާއި ވެނިސްގެ އެކިއެކި ތަންތާގައި ނަގާފައިވާ ފޮޓޯތައް އަންނަނީ ހިއްސާ ކުރަމުންނެވެ.

ފްލޯޓިންގ ސިޓީގެ ގޮތުގައި މަޝްހޫރު ވެނިސްގައި ދީޕިކާ އާއި އޭނާގެ އާއިލާ ވަނި ކެނަލް ގައި ބޯޓް ދުއްވާފައެވެ.

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone)

ދީޕިކާގެ މި ޗުއްޓީއަކީ ވެނިސްގައި އޮތް ފިލްމު ފެސްޓިވަލް ގައި ބައިވެރި ވުމާއި އެކުގައި ކުރިއަށް ދާ ޗުއްޓީއެކެވެ. އޭނާ ވަނީ ކާންސް ފިލްމު ފެސްޓިވަލްގެ ޖޫރީންގެ ލިސްޓުގައި ހިމެނިފައެވެ.

ދީޕިކާ ބޮލީވުޑްގައި ވިދާލީ 2007 ވަނަ އަހަރު ނެރުނު ފިލްމު، "އޯމް ޝާންތި އޯމް" އިންނެވެ. ފަހުން، ސަންޖޭ ލީލާ ބަންސާލީގެ "ބާޖިރާއޯ މަސްތާނީ"، "ޕަދްމާވަތު"، "ރާމް ލީލާ" އަދި "ޕީކޫ" ފަދަ ފިލްމު ތަކުގައި އޭނާ ދެއްކި އެކްޓިންގެ ސަބަބުން މިހާރު ދީޕިކާ އަކީ ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ތަރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.