ޝީޒާގެ ކެމްޕެއިން ޓީމުން ވިލިނގިލީގައި އީދުގެ ޚާއްސަ ހަރަކާތްތަކެއް

ޝީޒާގެ ކެމްޕެއިން ޓީމުން ވިލިނގިލީގައި އީދުގެ ޚާއްސަ ހަރަކާތްތަކެއް

Author
މުޙައްމަދު ޝަޒައިމް
02 މެއި 2022 06:11
0

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާގެ ފަރާތުން ވިލިމާލޭގައި ޢީދު ފާހަގަ ކުރުމުގެ ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތުގައި ކުޑަކުދިންނާއި، އެކި އުމުރުގެ މީހުންނަށް ޚާއްސަ އިވެންޓުތަކެއް ވަނީ ބާއްވާފައެވެ. ބޮޑު ބެރު ހަރަކާތްތަކާއި، ކުޑަކުދިންގެ އެކި ކުޅިވަރުތައް ހިމެނޭހެން ކުރިއަށްދިޔަ މި އީދު އުފާ ޕްރޮގިރާމަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ.

މިއިވެންޓުގައި އެމްއެންޕީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންނާއި، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ވިލިމާލެ ޑަބްލިއުޑީސީއަށް އިންތިޚާބުވުމަށް، ދާއިރާގެ ރައްޔިތުންގެ ތާއީދުކޮށް ހޯދުމަށް ޝީޒާގެ ކެމްޕޭންޓީމުން ދަނީ ދޮރުން ދޮރަށް ޒިޔާރަތްކުރަންވެސް ފަށާފައެވެ.

ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން ވާދަކުރާ އާމިނަތު ޝީޒާގެ ވިލިމާލެ ކެމްޕޭން ޖަގަހަ އެއްވެސް ވަނީ ހުޅުވާފައެވެ. ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި މިކެމްޕޭން ޖަގަހަ ހުޅުވައިދެއްވީ އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމެވެ. ޝީޒާގެ ވިލިމާލެ ކެމްޕޭން ޖަގަހަ ހުންނާނީ ޝެއިޚް ޢަބްދުއްރަޙްމާން މަގުގައި މަސްޖިދުލް ބިއްރިއާ އިންވެގެންނެވެ.

ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ވާދަކުރަނީ އެމްއެންޕީންނާއި ޕީޕީއެމްއިން އެކަންޏެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. މިއިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކެނޑިޑޭޓް ނެރުމަށް ހުޅުވާލިނަމަވެސް، މުއްދަތު ހަމަވިއިރު ކެނޑިޑޭޓަކު ކުރިމަތިލާފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.