އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަ ކުރައްވާ ފައްޔާޟު އިސްމާއިލްއާއި، އަންހެނުންގެ ކޮމެޓީގެ ރައީސްކަމަށް ވާދަ ކުރައްވާ ރޮޒޭނާ އާދަމް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ބައްދުކޮށްފިއެވެ.
ބެލެވޭ ގޮތުގައި މިބައްދަލުވުމަކީ މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިންގައި ކުރަމުންދިޔަ ދަތުރެއްގައި ބޭއްވުނު ބައްދަލުވުމެކެވެ. މިބައްދަލުވުމުގެ އެއްވެސް މައުލޫމާލެއްގެ މިހާތަނަށް ފައްޔާޟުގެ ޓީމުން ހާމަކޮށްފައި ނުވެއެވެ.
އަދިމިއީ މިފަހަރުގެ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެހެން ޕާޓީއެއްގެ ލީޑަރަކާއި ބައްދަލު ކުރި ފުރަތަމަ ފަހަރުވެސް މެއެވެ. ޤާސިމް އިބްރާހިމް އަކީ މިފަހަރުން އެމްޑީޕީން ވާދަކުރި އިންތިޚާބު ތަކުގައި ބޮޑު އެއްބާރުލުމެއް ދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ނިމިދިޔަ ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގައިވެސް ޤާސިމް ވަނީ ބޮޑު އެއްބާރުލުމެއް ދެއްވާފައެވެ.
މިބައްދަލުވުމާއި ގުޅިގެން ފަޔާއާއި ވާދަކުރައްވާ އިންތިގެ ޓީމުން ވަނީ ފާޑު ވިދާޅުވެފައެވެ. އިންތިގެ ސްޕޯކްސް ޕާސަން މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް އެހެން ޕާޓީއެއްގެ ނުފޫޒު ފޯރުވައި ގަޑުބަޑު ކުރުމަކީ ހުތުރު ކަމެއްކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ ކަންކަމުގެ ތެރެއަށް އެހެން ޕާޓީތަކުގެ ނުފޫޒާ ބާރު މާބޮޑަށް ވައްދާން އުޅުމަކީ ޕާޓީ ގަޑުބަޑު ކުރާން އުޅުން.
– ވައްޑެ ވިދާޅުވިއެވެ.
މިއިންތިޚާބުގެ ކެމްޕެއިންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް ނަޝީދުގެ ތާއީދު އޮތީ އިންތިއަށެވެ. އަދި ރައީސް ޞާލިހުގެ ތާއީދު އޮތީ ފައްޔާޟުއަށެވެ. މިއިންތިޚާބުގައި ދެ ކެނޑިޑޭޓުންގެ މެދުގައި ވާދަވެރި ކެމްޕެއިނެއް ކުރެވުނު ނަމަވެސް މިއީ ސިޔާސީ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރާނެ ކެނޑިޑޭޓަކު ކަނޑައެޅިގެންދާނެ އިންތިޚާބެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ކޮމެންޓު ފޮނުވާ