މަސައްކަތްތެރިންގެ އަޑުއުފުލުމަށް، ފުލުހުން ޖާގަ ދޭންޖެހޭ: ބޮންޑޭ

މަސައްކަތްތެރިންގެ އަޑުއުފުލުމަށް، ފުލުހުން ޖާގަ ދޭންޖެހޭ: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
01 މެއި 2022 12:21
0

ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަހު، މަސައްކަތްތެރިންގެ އަޑު އުފުލުމަށްޓަކައި ބޭއްވުމަށް ރޭވި ހިނގާލުމަށް ފުލުހުން ޖާގަ ދޭންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެން ވިދާޅުވީ މޭޑޭއާއި ގުޅިގެން މިއަދު ބޭއްވުމަށް މަސައްކަތްހުރި ހިނގާލުމަށް ޖާގަ ނުދޭނެކަމަށް ފުލުހުން ބުނުމުގާއި ގުޅިގެންނެވެ. ބޮންޑޭ ވިދާޅުވީ މޭޑެގައި މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކަތައް ދެއްކުމަށް ފުލުހުން ޖާގަ ދޭންޖެހޭކަމަށެވެ. މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަތައް ދެއްކުމަށްޓަކައި އެމީހުންގެ ހިނގާލުމަށް ދޭންޖެހޭ އެއްބާރުލުން ދިނުމަކީ ފުލުހުންގެ ވާޖިބެއްކަމަށް ބޮންޑޭ ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މޭޑޭ ރެލީގެ ބައިވެރިންނަށް މަރުހަބާ! ގާނޫނޫއަސާސީން މަސައްކަތްތެރިންގެ ކަންބޮޑުވުމާއި ޝުއޫރު ފާޅުކުރުމަށް ލިބިދީފައިވާ ގާނޫނީ ހައްގުގެ ބޭނުންކުރެވޭނެ. ރެލީ ބަލަހައްޓާ ދިނުމަކީ ފުލުހުން ގެ ވާޖިބެއް!

– ބޮންޑޭ ވިދާޅުވިއެވެ.

މަސައްކަތްތެރިގެ ދުވަހުގެ ހިނގާލުން އިންތިޒާމުކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަންއާއިއެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ހިއްސާކޮށް ފުލުހުން ބުނެފައިވަނީ، މަޟާންމަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވާ ވަގުތަކަށްވާތީއާއި ވަކިން ޚާއްސަކޮށް ރަމަޟާންމަހުގެ ފަހުދުވަހު އިތުރަށް، ޓްރެފިކް ބާރު ބޮޑުވާނެކަމަށް ބެލެވޭތީ މަޖީދީމަގުގެ ބަދަލުގައި، ޤާނޫނު ހުއްދަ ކުރާ ސަރަހައްދެއްގައި އެ ރެލީ ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދޭކަމަށެވެ.

ނަމަވެސް، އެ ހުށަހެޅުމާ އެއްގޮތަށް އަމަލުކުރުމަށް ރެލީ އޯގަނައިޒްކުރާ ފަރާތުން އެއްބަސްވެފައި ނުވާތީ، މަޖީދީމަގުގައި އެރެލީ ނުބޭއްވޭނެކަމަށް އެ ފަރާތަށް އަންގާފައިވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހަމަ މިއާއެކު، ޤާނޫނު ނަންބަރު 01/2013، ޞުލްޙަވެރި ކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށްވެސް ދަންނަވާފައިވާނެކަމަށެވެ.

މާލޭގެ މަޖީދީ މަގަކީ މީގެ ކުރިންވެސް ބޮޑެތި ހުރިހާ އެއްވުންތަކާއި، މުޒާހަރާތައް ބާއްވާފައިވާ މަގެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފިނިހަކަ
ބޮންޑާ ބޭކާރުއަގަ ނުތަޅާ މަޑުންހުރޭ ދޮގުހެދުމުގަ ތިހުރީ އެވޯޑު ދޭންޖެހިފަ؟