މަސައްކަތްތެރިންގެ އަޑު އުފުލުމަށް މިއަހަރުގެ މަސައްކަތް ތެރިން ދުވަހު (މާދަމާ) ބޭއްވުމަށް މަސައްކަތްކުރި ހިނގާލުން އިންތިޒާމު ކޮށްފައިވާ ގޮތަށް ނުބޭއްވޭނެކަމަށް ފުލުހުން އަންގައިފިއެވެ.
މިކަން އިންތިޒާމު ކުރަނީ މޯލްޑިވްސް ޓްރޭޑް ޔޫނިއަނުންނެވެ. މި ހިނގާލުމާއި ގުޅޭގޮތުން ހިނގާލުން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މައުރޫފް ވިދާޅުވީ މަސައްކަތް ތެރިންގެ ހައްގުތައް ހޯދުމަށާއި، މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު އުފުލުމަށްޓަކައި ލިބޭ އެންމެ ފަހި ފުރުސަތަކީ މަސައްކަތް ތެރިންގެ ދުވަސް (މޭޑެ) ކަމަށެވެ.
ނަމަވެސް ހިނގާލުން ބޭއްވުމަށް ރާވާފައިވާ ގޮތަށް ނުބޭއްވޭނެކަމަށް މިރޭ ފުލުހުން އަންގާފައިވާކަމަށެވެ. މިހިނގާލުން ރާވާފައިވަނީ މާލޭގައި ރަސްފަންނު ހިމެނޭ ސަރަހައްދުން ހެންވޭރު ކާނިވާ ސަރަހައްދާއި ހަމައަށް އަޑު އުފުލުމުގެ ހިނގާލުމެއް ބޭއްވުމަށެވެ. މިހިނގާލުމުގައި ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި މަސައްކަތްތެރިންނާއި، ބިދޭސީ މަސައްކަތްތެރީންވެސް ބައިވެރިވުމަށް ވަނީ ދައުވަތު ދީފައެވެ. އަދި މިއީ މަސައްކަތް ތެރީން އެމީހުންގެ އަޑު އުފުލުމަށް ބާއްވާ ސުލްހަވެރި ހަރަކާތެއްކަމަށް މައުރޫފް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން، އިންތިޒާމު ކޮށްފައިވާ ގޮތަށް ބޭއްވުމުގެ ފުރުސަތު ނުދޭނެކަމަށް ފުލުހުން މިރޭ އަޅުގަނޑުމެންނަށް އަންގައިފި.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން، އިންތިޒާމްކޮށްފައިވާ ގޮތަށް ބޭއްވުމުގެ ފުރުސަތު ނުދޭނެކަމަށް @PoliceMv އިން މިރޭ އަޅުގަނޑުމެންނަށް އަންގައިފިއެވެ @AdhadhuMV @sunbrk @avasmv @DhiyaresNews
— MTUC (@mtucMV) April 30, 2022
މީގެ ކުރިންވެސް މާލޭގައި މޭޑޭ ފާހަގަ ކުރުމަށް ބޮޑެތި އެއްވުންތައް ބާއްވާފައިވެއެވެ. މަސައްކަތް ތެރިންގެ ހައްގުތައް ހޯދުމަށް ބޭއްވި މިއެއްވުންތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއްވުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާއެވެ.
One Response
ޚޮބާ؟ ޚޮބާ؟ ޚިހިނެއް ޤަބޫލް ކުރާނި މިސަރުކާރަކީ މަސައްކަތްތެރިންގެ ހަޤުތައް ރައްކާތެރި ކޮށްދޭނެ ސަރުކާރެކޭ،!! 2023 ހޯއްދަވަން ނޫޅުއްވާ!!؟؟