ނ.މަގޫދޫއާއި ށ.ފުނަދޫގައި އަލަށް އިމާރާތް ކުރި މިސްކިތް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ހުޅުއްވާދެއްވައިފިއެ.
ސަރުކާރުގެ ބަޖެޓުން ޖުމްލަ 4.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފުނަދޫގައި އިމާރާތްކޮށްފައިވާ މިސްކިތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީވެސް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. މަސްޖިދުލް ރިޟްވާންގެ ނަމުން ނަންދީފައިވާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 17 ނޮވެމްބަރ 2019 ވަނަ ދުވަހުއެވެ. އަދި މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ 30 ސެޕްޓެމްބަރ 2020 ވަނަ ދުވަހުއެވެ.
ސަރުކާރުގެ ބަޖެޓުން ޖުމްލަ 4.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މަގޫދޫގައި އިމާރާތްކޮށްފައިވާ މިސްކިތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. މަސްޖިދުލް އިސްރާގެ ނަމުން ނަންދީފައިވާ މިމިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ 9 ވަނަ ދުވަހުއެވެ. އަދި މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ