ރޯދަ އާއި ސުވާލު: ހިތާހިތުން ނިންމާފައިވާ ރޯދައެއް ހިފުމުގައި އަމަލުކުރަންވީ ކިހިނެތް؟

ރޯދަ އާއި ސުވާލު: ހިތާހިތުން ނިންމާފައިވާ ރޯދައެއް ހިފުމުގައި އަމަލުކުރަންވީ ކިހިނެތް؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
30 އޭޕްރިލް 2022 09:07
0

އަޅުގަޑު ވިހޭދަރިފުޅު ބަލިވެ އެދަރިފުޅު ރަގަޅުވެއްޖެނަމަ ތިން ދުވަހު ރޯދައަށް ހުރުމަށް އެވަގުތު އަޅުގަޑު ހިތުން ނިންމީމެވެ. ދަރިފުޅުމިހާރު ރަގަޅެވެ. ނަމަވެސް ކަމާބެހޭ ބޭފުޅުން ވިދާޅުވަނީ އެއުމުރުގެ ކުއްޖެއްގެ ބަރުދަން މިހާރުވެސް ނެތް ކަމުގައެވެ. ވިހޭފަހުން މިހާރު  ހަމަސްވަނީއެވެ. އަޅުގަޑުގެ ސުވާލަކީ އެރޯދަ މިއަހަރުގެ ރޯދަމަސް އައުމުގެ ކުރިން ހިފަންޖެހޭނެތޯ އެވެ؟ ނުވަތަ ދަރިފުޅު އަދިވެސް ތަންކޮޅެއް ބޮޑުވަންދެން މިރޯދަ ބޭއްވިދާނެތޯ އެވެ؟

الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد

ސުވާލުން ދޭހަވާ ގޮތުން ރޯދަ ހިފުމަށް ނަދުރު ބުނެފައެއް ނުވެއެވެ. ނަމަވެސް ރޯދަ އެއް ހިފުމަށް ހިތުގައި ޢަޒުމް ކުރީއެވެ. ހެޔޮޢަމަލެއް ކުރުމަށް ހިތަށް އެރުވިނަމަވެސް އެކަން ކުރުން ލާޒިމެއް ނުވާނެއެވެ. ނަމަވެސް އެކަމެއް ކުރުމަށް ނަދުރު ބުނެވިފައިވާނަމަ އެނަދުރެއް ފުއްދަން ޖެހޭނެއެވެ.

ސުވާލުން ދޭހަވަނީ ކުއްޖާ ރަގަޅު ވެއްޖެނަމަ ރޯދަ ހިފުމަށް ހިތު ނިޔަތް ގަންކަމަށެވެ. މިހާރު ކުއްޖާ ނޯރމަލް ނުވިނަމަވެސް ރަގަޅުކަން ވެސް ސުވާލުން ދޭހަވެއެވެ. ވީމާ، ހިތުގައި ބޭއްވި ޢަޒުމް ފުއްދުމުގައި ފަސްޖެހެންވީ ސަބަބެއް ނެތެވެ. ރަމަޟާން މަހުގެ ކުރިން ހިފުން ލާޒިމެއް ނޫނެވެ. ނަމަވެސް، ބޮޑަށް ރަގަޅީ ލަސްނުކޮށް ވީހާވެސް އަވަހަކަށް އެކަން ފުއްދުމެވެ. والله أعلم.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.