ޓެރަރިސްޓު ހަމަލާ ދޭންއުޅުނު 6 މީހުންނަކީވެސް ދިވެހިން

ޓެރަރިސްޓު ހަމަލާ ދޭންއުޅުނު 6 މީހުންނަކީވެސް ދިވެހިން

Author
މުޙައްމަދު ޝަޒައިމް
12 ނޮވެމްބަރ 2020 11:18
0

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއަމަލު ހުއްޓުވާ، މިހާތަނަށް 6 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި، އަދި ތ. ތިމަރަފުށީގައިއެވެ. މިއޮޕަރޭޝަންގައި ތ. ތިމަރަފުށިން ރޭ ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އެއީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި އޮޕަރޭޝަންގައި މިހާތަނަށް އެކު ޖުމުލަ 6 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ..

މިމައްސަލާގައި ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ފުލުުހުން ވިދާޅުވީ މިވަގުތު ކުރިއަށް ގެންދަނީ ބަލާފާސްކުރުމުގެ މަަސައްކަތް ކަމަށާއި، މާލެއާއި، ތިމަރަފުށީގެ ބައެއްތަންތަން މިހާރުވެސް ބަލައި ފާސްކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ދޭތެރެ ދޭތެރެއިން ހަރުކަށި ފިކުރުގެ މީހުން ޓެރަރިޒަމްގެ ހަމަލާތައް ރާވައި ހިންގުމަށް މަސައްކަތްކުރެއެވެ. އަދި ރާއްޖެއިން ބޭރަށްވެސް ގިނަ އަދަދެއްގެ ދިވެހިން ހަނގުރާމަތަކަށްގޮސް ހަރުކަށި ޖަމާއަތްތަކާއި ގުޅިގެން ހަގުރާމަތަކުގައި ބައިވެރި ވުމަކީވެސް ދޭތެރެ ދޭތެރެއިން ފެންނަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.