ޒަކާތަށް މާލެއިން 5.5 މިލިޔަން ރުފިޔާ

ޒަކާތަށް މާލެއިން 5.5 މިލިޔަން ރުފިޔާ

ގުޅުންހުރި

މިއަހަރުގެ ރަމަޟާން މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން 5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މި މުއްދަތުގައި ފިޠުރު ޒަކާތް ދައްކާފައިވަނީ 107,132 މީހުންނެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރަމަޟާން މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 5,583,326.44 (ފަސް މިލިއަން ފަސްލައްކަ އަށްޑިހަ ތިންހާސް ތިންސަތޭކަ ސައްބީސް ރުފިޔާ ސާޅީސް ހަތަރު ލާރި) ލިބިފައިވާކަމަށެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 5,657,851 (ފަސް މިލިއަން ހަ ލައްކަ ފަންސާސް ހަތްހާސް އަށްސަތޭކަ ފަންސާސް އެކެއް) ރުފިޔާއެވެ. މި މުއްދަތުގައި ފިޠުރު ޒަކާތް ދައްކާފައިވަނީ 135743 (އެއްލައްކަ ތިރީސް ފަސްހާސް ހަތްސަތޭކަ ސާޅީސް ތިނެއް) މީހުންނެވެ.

އޮންލައިންކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމު އޮތީ ހަމަޖައްސާފައެވެ. މީގެއިތުރުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި، ދިރާގުގެ ދިރާގު ޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ 28ވަނަ ދުވަހާހަމައަށް ފިޠުރު ޒަކާތްދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. ރަމަޟާންމަހުގެ އެންމެފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ.

އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެފަހު ވަގުތަކީ ރަމަޟާން މަހުގެ 28ވަނަ ދުވަހުގެ 18:00އެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ގޮވާމުން ޒަކާތް ދެއްކުމަށް ހުޅުވާލާފައިވަމީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިހާތަނަށް ގޮވާމުން 1300އަށްވުރެ ގިނަ މީހުން ވަނީ ޒަކާތް ދައްކާފައެވެ.

ފިޠުރު ޒަކާތް ދޭނީ ފަޤީރުންގެ ލިސްޓުގައިވާ މީހުންނަށެވެ. މިއަހަރުގެ ފަޤީރުންގެ ލިސްޓުގައި ހިމެނެނީ 8984 މީހުންނެވެ. ފަޤީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މިހިނގާ ރަމަޟާންމަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. މިދިޔަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނީ 7778 މީހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ