ޕީޕީއެމްގެ މެންބަރުންތަކެއް އޮޅުވާލައިގެން އަދާލަތު ޕާޓިއަށް ވައްދާފައިވާކަމަށް ތުހުމަތުކޮށް އެ މައްސަލަ ކޯޓަށް ހުށައަޅަނެކަމަށް އިދިކޮޅުން ބުނެފިއެވެ.
ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ، ޕީޕީއެމް ގެ އާއިލާއެއް "ވަގަށް" އަދާލަތު ޕާޓީއަށް ވެއްދިކަމުގެ ޝަކުވާ ލިބެމުން އަންނަކަމަށެވެ. އެގޮތޔުން އެފަދަ ޝަކުވާއެއް މިއަދުވެސް ލިބިފައިވާކަމަށާއި، ވެއްދި ފޯމްގައި ޖަހާފައިވާ ފޯނު ނަމްބަރަކީ ވުޖޫދުގައިވެސް ނެތް ނަމްބަރެއްކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި އިނގިލީގެ ނިޝާން ދިމާނުވާކަމަށާއި ހީވަނީ ފައިގެ ބޮޑުވާ އިނގިލީގެ ނިޝާނެއްހެންކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ހެކިވެރިންނަށް ޖަހާފައިވާ ފަރާތްތަކަށް ގުޅުމުން އެއީ އެފަރާތްތައް ނޫންކަމަށާއި،ނަންބަރަކީ ވެސް ނުބައި ނަމްބަރެއްކަމަށް ވިދާޅުވި.ޕީޕީއެމްގެ ދަފްތަރުން ވައްކަން ކުރާވާހަކަ އަޅުގަނޑުމެން ދައްކަނީ އެކަމުގެ ހަޤާީގަތް އޮތީމަ. ތާއީދު ނެތިއްޔާ ސިޔާސީ ކަންކަމުގަ ނޫޅެބަލަ އިމްރާން ޢަބްދުﷲ.
– އިބްރާހީމް ޝުޖާޢު ވިދާޅުވިއެވެ.
ހެކިވެރިންނަށް ޖަހާފައިވާ ފަރާތްތަކަށް ގުޅުމުން އެއީ އެފަރާތްތައް ނޫންކަމަށާއި،ނަންބަރަކީ ވެސް ނުބައި ނަމްބަރެއްކަމަށް ވިދާޅުވި.ޕީޕީއެމްގެ ދަފްތަރުން ވައްކަން ކުރާވާހަކަ އަޅުގަނޑުމެން ދައްކަނީ އެކަމުގެ ހަޤާީގަތް އޮތީމަ.ތާއީދު ނެތިއްޔާ ސިޔާސީ ކަންކަމުގަ ނޫޅެބަލަ @ShimranAb
2/3— Ibrahim Shujau (@IbrahimShujaau) April 28, 2022
ޝުޖާޢު ވިދާޅުވީ، މިމައްސަލަ ކޯޓަށް ހުށައަޅާނެކަމަށާއި، މިފަހަރު މިވައްކަން ހުއްޓުވާނެކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ދައުރު މިވައްކަމުގައި އޮތްތޯ ބަލަން ވަރަށް ފަސޭހަވެއްޖެކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
އަދާލަތަށް 10ހާސް މީހުން ހަމަކުރީ މިފަދަ ނަހަލާލު ގޮތްގޮތައްކަން ވަރަށް ސާފު.
– ޕީޕީއެމުން ގެންދަނީ އެޕާޓީއަށް ނޭގި އެތައް ސަތޭކަ މެންބަރުންނަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށާއި ކޯލިޝަން ޕާޓީ އަދާލަތަށް ބަދަލުކުރާކަމުގެ ތުހުމަތުކުރަމުންނެވެ. އެފަދަ ޝަކުވާތައް ބޮޑުވެ އިލެކްޝަންސް ކޮމިޝަނުން ވަނީ ހުރިހާ ސިޔާސީ ޕާޓިއެއްގެ މެންބަރުން ހިމެނޭ ދަފްތަރު އާންމު ކުރުމަށް ނިންމާފައެވެ.