ޝައުބާން މަހު ރޯދަހިފުމަށް ހާއްސަ ދުވަސްތަކެއް ވޭތޯ؟
الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد:
ޝަޢްބާން މަހު ރޯދަ ހިފުން ގިނަ ކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބައެއް ރިވާޔަތްތަކުގައި އައިސްފައިވާ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަޢްބާން މަހު އެއްކޮށް ރޯދަ ހިއްޕަވައެވެ.
روى أحمد (26022) , وأبو داود (2336) والنسائي (2175) وابن ماجه (1648) عَنْ أُمِّ سَلَمَةَ رضي الله عنها قَالَتْ : مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ شَهْرَيْنِ مُتَتَابِعَيْنِ إِلا أَنَّهُ كَانَ يَصِلُ شَعْبَانَ بِرَمَضَانَ .މާތް ﷲ ރުއްސުންލެއްވި އުއްމު ސަލަމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ."ޝަޢްބާން މަހާރި ރަމަޟާން މަސް ފިޔަވާ ވިދިވިދިގެން ދެމަސްދުވަހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވި ތަނެއް ތިމަން ކަމަނާ ދެކިވަޑައި ނުގަންނަވަމުއެވެ".
ولفظ أبي داود : ( أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَصُومُ مِنْ السَّنَةِ شَهْرًا تَامًّا إِلا شَعْبَانَ يَصِلُهُ بِرَمَضَانَ ) . صححه الألباني في صحيح أبي داود (2048) .
އަބޫދާވޫ ގައި އައިސްފައިވެއެވެ. "ޝައްބާން މަސް ފިޔަވާ އެހެން މަހެއްގައި، މުޅި އަހަރުތެރޭގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ އެއް ނުހިއްޕަވައެވެ. އެކަލޭގެފާނު ޝަޢްބާން މަހާއި ރަމަޟާން މަސް އެއްކޮށް ގުޅުވާލައްވައެވެ".
އިސްވެދިޔަ ނައްޞުތަކުން ދޭހަވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޅި ޝަޢްބާން މަހު އެއްކޮށް ރޯދަ ހިއްޕެވި ކަމަށެވެ. އެހެން ބައެއް ރިވާޔަތް ތަކުގައި އައިސްފައިވަނީ އެކަލޭގެފާނު ޝަޢްބާން މަހުގެ ބޮޑު ބައެއްގައި ރޯދަ ހިއްޕެވި ކަމަށެވެ. روى مسلم (1156) عَنْ أَبِي سَلَمَةَ قَالَ : سَأَلْتُ عَائِشَةَ رَضِيَ اللَّهُ عَنْهَا عَنْ صِيَامِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَتْ : كَانَ يَصُومُ حَتَّى نَقُولَ قَدْ صَامَ ، وَيُفْطِرُ حَتَّى نَقُولَ قَدْ أَفْطَرَ ، وَلَمْ أَرَهُ صَائِمًا مِنْ شَهْرٍ قَطُّ أَكْثَرَ مِنْ صِيَامِهِ مِنْ شَعْبَانَ ، كَانَ يَصُومُ شَعْبَانَ كُلَّهُ ، كَانَ يَصُومُ شَعْبَانَ إِلا قَلِيلا .މާނައަކީ: އަބޫސަލަމާ- ރަޟިޔަﷲ ޢަންހު-ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރޯދަ ހިއްޕަވާ ގޮތާއި ބެހޭ ގޮތުން ތިމަންކަލޭގެފާނު ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި ސުވާލު ކުރީމެވެ. އެކަމަނާ ވިދާޅުވިއެވެ. ތިމަންމެން އެކަލޭގެފާނު ރޯދަ ހިއްޕަވައިފިޔޭ ބުނަންދެން ރޯދަ ހިއްޕަވައެވެ. އަދި ތިމަންމެން އެކަލޭގެފާނު ރޯދަ ވިއްލަވައިފިޔޭ ބުނަންދެން ރޯދަ ނުހިއްޕަވާ ހުންނަވައެވެ. ޝަޢްބާން މަހަށްވުރެ ގިނައިން އެކަލޭގެފާނު ރޯދަ ހިއްޕެވި މައްސަރެއް ތިމަން ކަމަނާ ނުދެކެމެވެ. ބައެއްފަހަރު މުޅި ޝަޢްބާން މަހު އެއްކޮށް ރޯދަ ހިއްޕަވައެވެ. އަދި އަނެއްބައި ފަހަރު ޝަޢްބާން މަހުން މަދު ބައެއް ފިޔަވާ ރޯދަ ހިއްޕަވައެވެ".
އެހެންކަމުން ޝަޢްބާން މަހު ރޯދަ ހިފުން ގިނަ ކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. މާތް ﷲ ގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފި މީހެއްގެ މޫނު ހަތްދިހަ ހާސް ޚަރީފުގެ ދުރުމިނަށް ނަރަކައިން ދުރު ކުރައްވާނެ ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. واللهأعلم