ތިމަރަފުށީ ޞިއްޚީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދާ މައްސަލަ ބަލައިދޭން އެދިއްޖެ

ތިމަރަފުށީ ޞިއްޚީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދާ މައްސަލަ ބަލައިދޭން އެދިއްޖެ

ތިމަރަފުށީ ޞިއްޚީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދާ މައްސަލަ ބަލައިދޭން ތިމަރަފުށީ ދާއިރާގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ކަމާއި ގުޅުންހުރި ކޮމެޓީގައި އެދިއްޖެއެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޟު، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިނަވްރު ބަލާ ކޮމެޓީގެ މުޤައްރިރު މުހައްމަދު ފަހުއަށް ފޮނުވި ސިޓީގައި ވަނީ މިކަން ވީހާވެސް އަވަހަށް ބައްލަވައިދެއްވުމަށް އެދިފައެވެ. އަދި މިކަމުގައި ހުރި ކަންބޮޑުވުންތައްވެސް ވަނީ ހިއްސާކޮށްފައެވެ.

ތ.ތިމަރަފުށީގައި ސިއްޙީ ޚިދުމަތް ދެމުންގެންދަނީ 28 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިމާރާތެއްގައެވެ. މިހާތަނަށް މިއިމާރާތް މަރާމާތުކުރުމަށް އެއްވެސް ސަރުކާރަކުން މަސައްކަތެއްކޮށްފައި ނުވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

2020 ވަނަ އަހަރުގެ ބަޖެޓުގައި ތ.ތިމަރަފުށީގައި ހޮސްޕިޓަލެއް ޤާއިމް ކުރައްވާނެކަމަށް މިހާރުގެ ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ. މިގޮތުން މިމަޝްރޫޢު ހިންގުމަށް ބިންކަނޑާ ހޮސްޕިޓަލް އެޅުމަށް ވަނީ ހަވާލުކުރެވިފައެވެ. 2021 އަދި 2022 ވަނަ އަހަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށް PSIP ޕްރޮޖެކްޓްގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ނަމަވެސް 2021 ވަނަ އަހަރު ނިމިގެންދިޔައިރު އެއްވެސް މަސައްކަތެއް ކުރެވިފައި ނުވެއެވެ. 2022 ވަނަ އަހަރުގެ ބަޖެޓްގައިވެސް 1.5 މިލިއަން ރުފިޔާ ހިމަނާފަވީ ނަމަވެސް މިހާތަނަށް އެއްވެސް މަސައްކަތެއް ފެށިފައި ނުވެއެވެ.

ރިޔާޒު ވަނީ ސަރުކާރުން ތިމަރަފުށީގައި ހޮސްޕިޓަލެއް އަޅުއްވާނެކަމަށް ކޮށްފައިވާ އިޢުލާން އަދި ބިން ވަކިކުރުމަށްފަހު އެކަމާއި ގުޅިގެން މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިނުވާތީ މިކަން ބައްލަވައި ދެއްވުމަށް އެދިފައެވެ. އަދި މީގެ އިތުރުން 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ 1.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓާއި ގުޅިގެން އެއްވެސްކަމެއް ކުރެވިފައި ނުވާ މައްސަލަވެސް ބައްލަވައިދެއްވުމަށް ވަނީ އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކުރާނެކަމެއްނެތް 2022ނިމެންވާއިރައް ހެލްތުޕޯސްޓަކައްވެސްއަދިބަދަލުވާނެ ރިޔާޒްތިކުރައްވަވާމަސައްކަތައްސާބަސް އެންމެފުކެއްވެސްދޫނުދެއްވުންއެދެން

Leave a Reply

Your email address will not be published. Required fields are marked *