މީޑިއާ ކައުންސިލްގެ ތިޖޫރި ފަޅާލާ ފައިސާކޮޅު ވަގަށް ނަގައިފި

މީޑިއާ ކައުންސިލްގެ ތިޖޫރި ފަޅާލާ ފައިސާކޮޅު ވަގަށް ނަގައިފި

Author
މުޙައްމަދު ޖިމީ
26 އޭޕްރިލް 2022 12:00
0

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ތިޖޫރި ފަޅާލައި އޭގައިހުރި ފައިސާ ވަގަށް ނަގައިފިއެވެ.  އިދާރާގެ ތިޖޫރީ ފަޅާލާފައި ހުރިކަން އެނގުނީ މިއަދު ހެނދުނު މުވައްޒަފުން އޮފީހަށް ދިއުމުންކަމަށް އެމްއެމްސީން ބުންޏެވެ.

އެމްއެމްސީގެ ތިޖޫރީގައި ހުރި 3600 އެއްހާ ރުފިޔާ ވަގަށް ނަގާފައިވާކަމަށާއި، އިތުރު އެއްޗެއް ވަގަށް ގެންދިޔަކަން އަދި ފާހަގަވެފައިނުވާކަމަށް އެމްއެމްސީން ބުންޏެވެ. އެތިޖޫރީގައި ހުރީ ޕޭޓީކޭޝްއަށް ބޭނުންކުރުމަށް ހުރި މަދު ފައިސާކޮޅެއްކަމަށާއި، އެ ފައިސާ ވަގަށް ނަގާފައިވަނީ ތިޖޫރީގެ ތަޅު ހަލާކުކޮށްލައިގެންކަމަށްވެސް އެމްއެމްސީން ބުންޏެވެ.

އެމްއެމްސީ ހުންނަނީ މަޖީސީމަގު ބިއްލޫރި ޖެހިގޭ ދެވަނަ ފަންގިފިލާގައެވެ. ތިޖޫރި ފަޅާލާފައިވީނަމަވެސް އެތަނަށް ވަދެ ނިކުމެ އުޅޭ އެއްވެސް ދޮރެއް ހަލާކުކޮށްލާފައިނުވާކަމަށް އެމްއެމްސީން ބުންޏެވެ. ހެންކަމުން އެތަނަށް ވަގުން ވަދެފައިވަނީ ފާހަނާގެ ފެންލައިޓުން ކަމަށް ލަފާކުރެވޭކަމަށް އެމްއެމްސީން ބުންޏެވެ.

އެ މައްސަލަ ފުލުހަށް ހުށައަޅައިގެން އަންނަނީ ތަހްގީގްކުރަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.