ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަންނަ މޭ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގެއްލޭނެކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ދެއްވާފައިވާ ކަމަށް ވިދާޅުވެ އެމައްސަލަ ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ފޮނުއްވި ސްކްރީން ޝޮޓެއްގައި މީހަކު ބޮންޑެއަށް ފޮނުވި މެސެޖެއް ހިއްސާކުރައްވާފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށްފަހު އެޕާޓީގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ގެއްލޭނެކަމަށް އިބްރާ ވިދާޅެފައިވަނީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ އާއި ދެމެދުގައި ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. މި ވާހަކަތަކުގެ ތެރެއިން އިބްރާ ވަނީ ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފަހުގައި ރައީސް ނަޝީދު "ގެއްލޭނެ" ކަމަށް ވިދާޅުވެފައެވެ. އަދި ގައުމު ދޫކޮށް ރައީސް ނަޝީދު "ފެއްސޭނެ" ކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ އަމީން ޢާންމާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު މެންބަރު މުޙައްމަދު އަސްލަމް ޓެގުކުރައްވައި ބޮންޑެ ވިދާޅުވީ މޭ މަހުގެ ފަނަރަވަނަ ދުވަހު ރައީސް ނަޝީދު ގެއްލޭނެކަމަށް ބުނެ އިންޒާރުދިން މައްސަލަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަމާލުކަމަށް ގެންނަވާ ކަމަށެވެ. އަދި އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިބްރާ މިވާހަކަ ދައްކާފައިވަނީ ސިޔާސީ ގޮތުން ނަޝީދުގެ ކުރިމަގު ދެން ގެއްލޭނެކަމަށް އިޝާރާތް ކޮށް ކަމުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއެވެ. ގިނަ ބޭފުޅުން ބުނަމުންދާ ގޮތުން ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށްފަހު ރައީސް ނަޝީދުގެ ސިޔާސީ ކުރިމަގަށް ވަރަށްބޮޑު ހުރަހެއް އެޅިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ