ނަޝީދުގެ ހޫނު ބަހުގެ ހަމަލާއެއް ރައީސް ޞާލިހަށް، ގަލޮޅުން ބަވާލަންވީތަ؟

ނަޝީދުގެ ހޫނު ބަހުގެ ހަމަލާއެއް ރައީސް ޞާލިހަށް، ގަލޮޅުން ބަވާލަންވީތަ؟

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2022 08:55
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދުގެ ހޫނު ރައްދެއް ދެއްވައިފިއެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި، ރައީސް ނަޝީދު ގެންދަވަނީ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުންނާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލަށް ތާއީދު ކުރައްވާ ބޭފުޅުންނަށް ދޭތެރެ ދޭތެރެއިން ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. ރައީސް ނަޝީދުވަނީ އެމްޑީޕީ މިސަރުކާރާއި ފެއަށް ޖެހުމަށްވެސް އިއްޔެ ގޮވާލާފައެވެ.

ރައީސް ނަޝީދު ރައީސް ޞާލިހަށް ސީދާ އަމާޒުކޮށް ބަހުގެ ހަމަލާއެއް ދެއްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ އިމްތިޔާޒު ފަހުމީއާއި، ގޮލޮޅު އުތުރު ދާއިރާގެމެމްބަރު އީވާ މިއަދު ރައީސް ޞާލިހުގެ އުފަންރަށް ހިންނަވަރަށް ވަޑައި ގަތުމުން، ހިންނަވަރުގެ ތާއީދު އިންތިއަށް ނެތްކަމަށް އެރަށުގެ މީހުނެ ބުނެ އެރަށު ގިނަ ބަޔަކު އިންތިގެ ޓީމަށް ބަހުގެ ހަމަލާތަކެއް ދީފައި ވަނިކޮށެވެ.

އިންތިގެ ޓީމަށް ބަހުގެ ހަމަލާތައް ހިންވަރުން ދީފައިވާއިރު، އަދި އިންތިގެ ޓީމު މިއަދު ހިންނަވަރަށް ގޮސްފައިވާއިރު، ރައީސް ޞާލިހު ވަނީ މިހަފްތާ ބަންދުގައި ހިންނަވަރަށް ވަޑައިގެންފައެެވެ.

ރައީސް ނަޝީދު އެމްޑީޕީގެ މަޖިލިސް މެމްބަރުން ހިމެނޭ ވަޓްސްއަޕް ގްރޫޕުގައި ވިދާޅުވީ މިގޮތަށް ދިމާކޮށް، މީހުން ފޮނުވައިގެން ދިމާކުރެވޭނަމަ، ގަލޮޅަށް ރައީސް ޞާލިހު ވަޑާއިގަތުމުން ރައީސް ޞާލިހާއިވެސް ދިމާ ކޮށްލަންޖެހިދާނެ ކަމަށެވެ.

ހިންނަވަރަށް އީވާ ދިއުމުން މީހުން ފޮނުވައިގެން "ބެވީ" ދެން އިބޫ (ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް) އަށް ގަލޮޅުން އެހެން ހަދަންވީތަ؟

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ގުޅިގެން ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ތާއީދު ކުރާ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރެވެމުންނެވެ. މިއިންތިޚާބަކީ މިނިސްޓަރ ފައްޔާޟާއި، މެމްބަރު އިންތިޔާޒުގެ މެދުގައި އޮތް އިންތިޚާބަކަށް ވީނަމަވެސް މިއީ އެމްޑީޕީގެ ރިޔާސީ ޓިކެޓާއިމެދު ރައީސް ނަޝީދާއި، ރައީސް ޞާލިހު ކުރައްވާ ހަނގުރާމައިގެ ފެށުންކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

މިއިންތިޚާބުގެ މަންޒަރުތައް މިހާރު ފެންނަ ގޮތުން އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ބެލެވެނީ މިނިސްޓަރ ފައްޔާޟު އިސްމާއިލެވެ. އިންތިޚާބުގެ ވާދަވެރިކަން ބޮޑުވާ ވަރަކަށް އެމްޑީޕީގެ ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް އެކި ތުހުމަތުކުރައްވަމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ނަޒަރުގައި އެމްޑީޕީއަށް ރައްޔިތުންގެ ވޯޓްގެ 50 ޕަސެންޓް ހޯދުން ވަރަށް އުނދަގޫ ވާނެ ކަމަށެވެ. އެ މިންވަރަށް ތާއީދު ހޯދޭވަރަށް ވުރެ މާ ގިނަ ގޯސްތައް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ގޯސްތައް އެއް ބަޔަކު ގަބޫލު ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފޮއި
މިފެންވަރުގެ މީހަކު މި އުޅެނީ ބޮޑުވަޒީރުކަން ބޭނުންވެގެން. ފުރަތަމަ ތިމާގެ ބަސްމަގު އިސްލާހުކޮށް ހަމަ ބިމަށް ތިރިވެބަލަ
ހ ހުސޭނު
އެމްޑީޕީއަށް ގެއްލޭ ކޮންްމެ ވޯޓަކީ އަންނީގެ އަނގައިގެ ސަބަބުން ގެއްލޭ ވޯޓެއް ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.
ރ ރަނާ
މިކަލޭގެ ގެ އަސްލު ބަހުރުވަ ހުންނަ ގޮތްމީ ބެވީ. ބަލަ ރަށަށް ތާއީދު ހޯދަން ދިޔައިމަ ބުނާނެތާ އިންތިއަށް ތާއީދު ނެތިއްޔާ ނެތްކަން. އިބޫއާ ދިމާކޮށްލައިގެން އުޅޭ މީހަކަށް އިބޫގެ ރަށަކުން ތާއީދެއް ނުލިބޭނެކަން އީވާއަށްވެސް އެގެން ޖެހޭނެދޮއްތަ. ވެރިކަމައިގެން ހާދަވަރަކަށޭ ބޫތުކައިފަ މިހުރީ އެސޮރު.
ާ ާއަހްމަދު
މިކަލޭގެ އިންނަ މަޖިލިސް ގޮނޑި މިފަހަރު އަސްލަމަށް ދޭނަން ދެން ނިކަން އައްޑޫ އަށްގޮސް ބަލަ ވާނީހަމަ ތިހެން