ރޮމޭންޓިކް ސީންތައް ކުޅުނަސް ފިރިމީހާއަށް އޯކޭ: ޝްރައްދާ

ރޮމޭންޓިކް ސީންތައް ކުޅުނަސް ފިރިމީހާއަށް އޯކޭ: ޝްރައްދާ

Author
ފާތިމަތު ނާވީ
27 އޭޕްރިލް 2022 11:29
0

ޑްރާމާ ސިލްސިލާ ތަކުން މަޝްހޫރު ކަން ހޯދާފައިވާ ރީތި ބަތަލާ ޝްރައްދާ އާރިއާ ކައިވެނި ކުރީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައިއެވެ.

ޝްރައްދާ ކަައިވެނި ކުރީ ނޭވީ އޮފިސަރެއް ކަމުގައިވާ ރާހުލް ނަގަލް އާއެވެ. ރާހުލް މަސައްކަތް ކުރަމުން އަންނަނީ ވިޝާކާޕަޓްނާ ގައެވެ. އަދި ޝްރައްދާ މިހާރު އަންނަނީ "ކުންޑަލީ ބާގިޔާ"ގައި ލީޑު ރޯލު ކުޅެމުންނެވެ.

އެހެން ކަމުން އޭނާގެ ޝޫޓިންތައް ކުރިއަށް ދަނީ މުމްބާއީގައެވެ. އޭނާ މިހާރު ވެފައިވަނީ މުމްބާއީއާއި ވިޝާކާޕަޓްނާއާ ދެމެދުގެ ދަތުރު ވެރިއަކަށެވެ.

ދާދިފަހުން މީޑިއާއިން ވަނީ އޭނާ އާއި "ކުންޑަލީ ބާގްޔާ"ގެ އެކްޓަރު ނީރަޖް އާއެކު ރޮމޭންޓިކް ސީންތަކުން ފެންނާތީ އެކަމާ ފިރިމީހާ ބުނަނީ ކީކޭތޯ ސުވާލު ކޮށްފައެވެ. އެ ސުވާލުގެ ޖަވާބު ދެމުން ޝްރައްދާ ބުނެފައިވަނީ އޭނާގެ ފިރިމީހާއަށް އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

އަދި ރޮމޭންޓިކް ސީންތައް ކުޅެއް ފިރިމީހާއަށް އޯކޭ ކަމަށާއި އެއީ މައްސަލައެއް ނޫންކަމަށް ފިރިމީހާ ބުނެފައިވާ ކަމަށް ޝްރައްދާ ވަނީ ބުނެފައެވެ.

"ކުންޑަލީ ބާގްޔާ" ގައި މިހާރު ވަރަށް ގިނަ ރޮމޭންޓިކް ސީންތައް އަންނަނީ ދައްކަމުންނެވެ. މި ޑްރާމާގެ ދެ ލީޑުން، ގިނަދުވަސް ތަކަކަށްފަހު އަނެއްކާ ބައްދަލުވެ ޑްރާމާގެ ފޯރި ވަނީ މިހާރު ވަރަށް ގަދަވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހިލަބެ
މަބުނަން މަގޭއަންހެނުން ފުއްގަނޑެއްހެންމޮޑޭމަންޒަރުބަލާކަށް މަށަކަށްކެތެއްނުވާނެ ފައިސާއަކީހުރިހާއެއްޗެއްކަމަށްހީވާމީހުނަށް ތިޔަހެންވެދާނެ