ރައިސިނާ ޑައިލޮގް ގައި ބައިވެރިވުމަށް ނަޝީދު މާދަމާ އިންޑިއާ ވަޑައިގަންނަވަނީ

ރައިސިނާ ޑައިލޮގް ގައި ބައިވެރިވުމަށް ނަޝީދު މާދަމާ އިންޑިއާ ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2022 09:30
0

އިންޑިއާގެ ނިއުދިއްލީގައި ބާއްވާ ހަތް ވަނަ ރައިސިނާ ޑައިލޮގް ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މާދަމާ އިންޑިއާއަށް ފުރާވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

ރައިސިނާ ޑައިލޮގްއަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮގްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސެކެވެ. މި މަހުގެ 25 އިން 27 އަށް ނިއުދިއްލީގައި ބާއްވާ މިއަހަރުގެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި ފާގަތި ދިރިއުޅުމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ. އަދި ހާއްސަކޮށް ގައުމުތައް ދަރަނިވެރިވުމާއި ދަރަނީގެ ސަބަބުން އެ ގައުމުތަކުގެ ބިމުގެ މިލްކުވެރިކަން ގެއްލެމުންދިއުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ އިތުރުން އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޓ ޓމ
މީނަގެ ހަބަރުތައް ލިޔަނީ ކޯޗެއް ވެގެން ހެއްޔެވެ