ރައީސް ޞާލިހު އުފަންރަށް ހިންނަވަރަށް ވަޑައިގެންފި

ރައީސް ޞާލިހު އުފަންރަށް ހިންނަވަރަށް ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2022 03:13
0

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެމަނިކުފާނުގެ އުފަންރަށް ހިންނަވަރަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށް ވުމުން ދަތުރުގެ މާބޮޑު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން 3 ފަހަރެއްގެ މަތީން ހިންވަރަށް ވަޑައިގެންފައެވެ.

އެމަނިކުފާނު އެންމެފަހުން ހިންނަވަރަށް ވަޑައިގެންފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިންނަވަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހިންވަރަށް ކުރައްވާ ދަތުރުފުޅު ނިންވާލައްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Argue latheef
When a frog show a golden world