ރޯދަ އާއި ސުވާލު: ފިރިމީހާއަށް ސިއްރުން އޭނާގެ ފައިސާއިން ޒަކާތް ދެއްކިދާނެތޯ؟

ރޯދަ އާއި ސުވާލު: ފިރިމީހާއަށް ސިއްރުން އޭނާގެ ފައިސާއިން ޒަކާތް ދެއްކިދާނެތޯ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
22 އޭޕްރިލް 2022 07:55
0

ފިރިމީހާއަށް ސިއްރުން އޭނާގެ ފައިސާއިން ޒަކާތް ދެއްކިދާނެތޯ؟

الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد:

ޒަކާތް ދެއްކުމަކީ ހަމައެކަނި ވިޔަފާރި ވެރިން ކުރަން ޖެހޭ ކަމެއް ނޫނެވެ. ވިޔަފާރި ނުކުރިނަމަވެސް ތިމާގެ އެކައުންޓުގައި ނުވަތަ އެނޫންވެސް ތަނެއްގައި ފައިސާ ރައްކާކޮށްފައި ހުރެ، އެއް އަހަރު ހަމަވެ، ނިޞާބު ހަމަވާނަމަ ޒަކާތް ނެރެން ޖެހޭނެއެވެ. ފިރިމީހާ ޒަކާތް ނެރުމަށް އިންކާރު ކުރާނަމަ އޭނާގެ ފައިސާ އިން އަނބިމީހާ ޒަކާތް ނެރެދިނުމަކީ އެންމެ ރަގަޅު ކަމެކެވެ. ސަބަބަކީ މި ޙާލަތުގައި ފިރިމީހާ އެހުރީ ބާޠިލް ގޮތުގައެވެ. ޒަކާތް ނެރުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެކަމަށް އިންކާރުކޮށްފިމީހާ ދީނުން ބޭރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތުމާއި ގުޅިގެން އަޞްޙާބު ބޭކަލުންގެ ތެރެއިން ބަޔަކު ޒަކާތް ދެއްކުމާއި އިންކާރު ކުރެއްވުމުން، އަބޫބަކުރު ރަޟިޔަﷲ ޢަންހު- އެބައިމީހުންނާއި ހަނގުރާމަ ކުރެއްވިއެވެ. މިއިން ދޭހަކޮށްދެނީ ޒަކާތް ނެރުމަށް އިންކާރުކޮށްފިނަމަ ގަދަކަމުންވެސް ނެރުވަން ޖެހޭނެ ކަމެވެ. واللهأعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.