ނިކަރާގުއާގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ނިކަރާގުއާގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ނިކަރާގުއާގެ ހުޅަނގުން އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (USGS)އިން ބުނެފިއެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ހާމަ ކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަޑުން 6.7ގެ ބާރު މިނުގައި ކަމަށާއި، އެހެންނަމަވެސް ބިންހެލުމުގެ ސަބަބުން ސުނާމީއެއް އައުމުގެ ނުރައްކަލެއް ނެތްކަމުގައެވެ.

USGSގެ ޑާޓާތަކުން ދައްކާފައިވާ ގޮތުގައި، ބިންހެލުން އައިސްފައިވަނީ ބުރާސްފަތިދުވަހު ނިކަރާގުއާގެ ގަޑިން ދަންވަރު 1:42ގައެވެ. އަދި ބިމުގެ ސަތަހައަށްވުރެ 25.3 ކިލޯމީޓަރު އަޑިއަށް އައި މި ބިންހެލުމުގެ އެޕިސެންޓަރ ހުރެފައިވަނީ މަސަޗަޕާގެ އައްސޭރިއަށްވުރެ 61 ކިލޯމީޓަރު ދުރުގައެވެ.

ބިންހެލުމަށްފަހު ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ ރިޕޯޓްތަކެއް ލިބިފައި ނުވިނަމަވެސް، ނިކަރާގުއާގެ ވެރި ރަށުގައި ދިރިއުޅޭ ބައެއް މީހުން ލޯކަލް ބްރޯޑްކާސްޓަރއެއް ކަމުގައިވާ ލާ ނުއެވާ ރޭޑިއޯ ޔާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ބިންހެލުމުގެ އަސަރު ވެރިރަށަށް ވަނީ ވަރަށް ބޮޑަށް އިހުސާސް ކުރެވިފައެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (USGS)އިން ބުނެފައިވަނީ، މި ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިއުމުގެ ފުރުސަތު ވަރަށް ކުޑަ ކަމުގައެވެ.

ނިކަރާގުއާއަކީ ދޭތެރެ ދޭތެރެއިން ބިންހެލުން އަންނަ ގައުމެކެވެ. 2014ވަނަ އަހަރު، ނިކަރާގުއާގެ ހުޅަނގުގެ ސަރަހައްދަށް 6.2ގެ ބާރުމިނުގައި އައި ބިންހެލުމެއްގައި އެކަކު މަރުވެ 33 މީހަކަށް އަނިޔާވެފައި ވެއެވެ.

1972ވަނަ އަހަރު ހަމަ މި ބާރުމިނުގައި އެގައުމުގެ ވެރިރަށް މަނަގުއާގެ އުތުރުން 48 ކިލޯމީޓަރ ދުރަށް އައި ބިންހެލުމެއްގައި 5،000 މީހުން މަރުވެ، އެތައް ބަޔަކު ގެދޮރު ނެތިފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *