މި ކިޔައިދެނީ ކަރާ ފަޅާނެ ގޮތް!

މި ކިޔައިދެނީ ކަރާ ފަޅާނެ ގޮތް!

Author
ފާތިމަތު ނާވީ
25 އޭޕްރިލް 2022 07:38
0

އެއްޗެއް ކާން ފެށުމުގެ ކުރިން އަހަރެމެން ވިސްނަނީ ގިނަ ފަހަރަށް އެ އެއްޗެއް ކާނެ ފަސޭހަގޮތެއް ނޫނީ މީރުގޮތަކަށެވެ. އެހެން ނަމަވެސް އާންމުކޮން ކައި އުޅޭ ތަކެތީގެ ތެރެއިން ބައެއް އެއްޗެހި ކެވެނީ އެންމެ ފަސޭހަ އަދި ރަގަނޅުގޮތަށްބާއެވެ. ބަލާލަމާ ހިގާށެވެ.

ޓޯމާޓޯ އަދި މޭބިސްކަދުރު ކެއުމުގެ ކުރިން ކުޑަކޮށް ފިތާލާފައި ތޫނުވަޅިއަކުން ފޮތިކުރުން ވަރަށް މުހިންމެވެ. އޭގެން ލިބެންޖެހޭ ހުރިހާ ފައިދާއެއް ހަށިގަނޑަށް ލިބޭނީ އޭރުންނެވެ.

ލުނބޯ އަކީ އެންމެ ގިނައިން ބޭނުން ކުރެވޭ އެކަތި ކަމުގައި ވާނެއެވެ. ހާއްސަކޮށް ރޯދަމަހު އެއީ ވަރަށް މުހިންމު އެއްޗެކެވެ. އާންމުކޮށް ލުނބޯ އާއި ނުލާ ހެދިކާއެއް ނުހެދޭ މީހުންވެސް އުޅެއެވެ. އެހެނަސް ލުނބޯ ތި ކެވެނީ ރަނގަޅު ގޮތަށްހެއްޔެވެ.

 

ކިވީ ފުރުޓް އަދި އެވަކާޑޯ ކެއުމުގެ ކުރިން ތޮށި މެށުމަކީ މުހިއްމު ކަމެއްނޫނެވެ. ފަޅާލާފައި ސަމުސަލަކުން ރީތިކޮށް ކަހާލެވޭނެއެވެ. އެންމެ ފައިދާހުރި އަދި އެންމެ ފަސޭހަގޮތަކީވެސް އެއީއެވެ.

އަންނާރު ކާން ފަސޭހަވާނެހެން ފަޅަން ނޭނގި އޭގެ އެންމެ ފައިދަހުރި ދިޔަކޮޅު ފައިބައިގެންދާ ފަހަރު ވަރަށް ގިނައެވެ. އަންނާރު ފެޅުމަށް އަންނާރުގެ މަތި އަދި ފުލުން ތޮށިގަނޑު ކަޑާލާށެވެ. ދެން ހަތަރު ފަރާތަށް ވާނެހެން ތޮށިގަނޑުގައި ކުޑަކޮށް ވަޅި އަޅާލާށެވެ. އޭރުން އަތުން ރީތިކޮށް ފަޅިކޮށްލެވޭނެއެވެ.

ކަރައަކީ ރޯދަމުހު އެއާއި ނުލައި އެންމެ ރޯދައެއްވެސް ދިވެހިންނަށް ފުރިހަމަ ނުވާ އެއްޗެކެވެ. އެހާވެސް ކަރާގެ ނުފުޒު ރޯދަމަހު ގަދައެވެ. ކަރާ ކެއުމަށްވެސް ފަސޭހަ ގޮތެއް އަދި އުދަނގުލަކާ ނުލާ ކާލެވޭނެ ގޮތެއް އެބައޮތެވެ. ކަރާފޮތީގެ ދެ ކޮޅުން ތަންކޮޅެއް ބުރިކޮށްލާށެވެ. ކެއުމަށް ފަސޭހަވެއެވެ.

ކާލުމަށްވެސް ފަސޭހަ މިގޮތްތަކަކީ ވަގުތު ސަލާމަތްކުރުމަށްވެސް އެނގިފައިހުރުމުން ވަރަށް މުހިންމުކަންކަމެވެ. މިއީ ދިރިއުޅުމުގައި ހޯދަށޭ އެބުނާ ފަސޭހަ ގޮތް ނޫންތޯއެވެ؟

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.